ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
62 ވަނަ "އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

މެލޭޝިއާ ސަރުކާރުން އިންތިޒާމްކުރައްވައިގެން މިއަހަރު އޮކްޓޫބަރު މަހުގެ 17 އިން 22 އަށް ކުއާލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 62 ވަނަ "އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ޤައުމީ މުބާރާތަކުން ވަނައެއް ލިބިފައިވާ (1) އަންހެން އަދި (1) ފިރިހެން ކެނޑިޑޭޓަކަށެވެ. 

މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު

 

1-      މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ވާނަމަ ބައިވެރިވި ފަހުން 3 އަހަރު ހަމަވެފައިވުން

2-      މި މުބާރާތުގައި މީގެކުރިން ބައިވެރިވެ މުބާރާތުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.

3-      17 އޮކްޓޫބަރު 2022 ށް 13 އަހަރު ފުރިފައިވުން.

4-      ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަވަން އެނގުން.

5-      ދިވެހިރައްޔިތެއް ކަމުގައިވުން.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ "[email protected] " އަށް މެއިލް ކުރެއްވުން އެދެމެވެ.

މި މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

26 މޭ 2022
ހޯދާ