މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ؛

މި އިޢުލާންވަނީ 14 ޖޫން 2022 12:37 ގައި ބާތިލް ކުރެވިފައެވެ.


އަންދާސީ ހިސާބު ބޭނުންވެއްޖެ؛

 

        މިކޯޓުގެ މުވައްޒަފުން ބޭނުންކުރާ ދެފާޚާނާ މަރާމާތުކުރުމާއި އިމާރާތުގެ އެތެރޭގައި ޖަހާފައިވާ ސީލިންގ ނަގާ އައު ސީލިންގއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތް ނޫން އެހެން ފަރާތެއް ފޮނުވާނަމަ އެމީހަކީ ވެރިފަރާތުން ފޮނުވާމީހެއްކަން އެނގޭފަދަ ލިޔުމަކާއި ހާޟިރުވާފަރާތުގެ އައިޑީކާޑް ނުވަތަ ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އަދި މިފަދަ ލިޔުމެއް ނެތި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްކަމަށާއި އަދި އަންދާސީ ހިސާބުވެސް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

   އަދި، މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

26 މޭ 2022
ހޯދާ