މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގެ ނައިޓް ފަޔަރިންގ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމާއިގުޅޭ

 އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ނައިޓް ފަޔަރިންގ ތަމްރީނުތަކެއް 2022 މެއި 28، 29، 30 އަދި 31 ވަނަދުވަހު 18:30 އިން 23:30 އަށް ކ. ގުރައިދޫގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

 

1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:                  

ސީ.އެމް.ޕީ (9 އެމް.އެމް)

2. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން:               

1700 މީޓަރ

3. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން:              

200 މީޓަރ

4. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން:

ސީ-ލެވެލް

5. ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން:

ކ. ގިރިފުށގެ ރޭންޖްއިން ހުޅަނގު ދެކުނު

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

26 މޭ 2022
ހޯދާ