ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
"42 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާން" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

ސަޢުދީ ޢަރަބިއްޔާގެ މައްކާގައި 2022 ސެޕްޓެމްބަރ 10 އިން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "42 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާން" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 4 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ.

މުބާރާތުގައިބައިވެރިވެވޭނެގޮފިތައް 

1-      ޤުރްއާން އެއްކޮށް ޙިފްޒުކޮށްފައިވުމާއިއެކު، ރިވާޔަތާއި ދިރާޔަތާއެކު ޝާޠިބިއްޔާ އާއި ތައިސީރުގެ މަގުން ތަވާތުރުވެގެންވާ 7 ޤިރާއަތަށް ކީރިތިޤުރްއާން ތަޖުވީދުގެ މަގުން ކިޔަވަން އެނގުން.

2-      މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ޤުރްއާނުގެ މުފްރަދާތުތަކުގެ ތަފްސީރު އެނގުން.

3-      މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ކީރިތިޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުން.

4-      ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސްކޮށްފައިވުމާއިއެކު ތަޖުވީދުމަގުން ކިޔެވުމުގެ ގޮފި.

މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު

1-      މިމުބާރާތުގައި މީގެ ކުރީގެ އަހަރެއްގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން.

2-      ފިރިހެނަކު ކަމުގައިވުން.

3-      25 އަހަރު ފުރިފައިނުވުން. (ނަމަވެސް 30 އަހަރު ފުރިފައިނުވާނަމަ މުބާރާތުގެ ފުރަތަމަ ގޮފީގައި ބައިވެރިވެވޭނެއެވެ).

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް 2022 ޖޫން 12  ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

26 މޭ 2022
ހޯދާ