މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ޓޯރިން 36 ގެ ލޯންޗް "ރަންފަރު" މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ  

އަމީރުއަމީނުމަގު، ކ.ތުލުސްދޫ، ދިވެހިރާއްޖެ                                     

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާގެ ޓޯރިން 36 ގެ ލޯންޗް "ރަންފަރު" މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ މަސައްކަތްތަކަށް ބަދަލުގެނެވިފައިވާތީ، އިތުރުކުރެވުނު މަސައްކަތްތަކާއިއެކު "ރަންފަރު" ލޯންޗް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމާއިިބެހޭ މުހިންމު މައުލޫމާތު

- ރަޖިސްޓްރީ ކުރުން: 2022 މެއި 30 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް.

- ރަޖިސްޓްރީކުރުމަށްޓަކައި މިިއިދާރާގެ އީމެއިލް އެޑްރެސް [email protected] ނުވަތަ މިއިދާރާގެ ފޯނު ނަންބަރު 6644234 އަށް ގުޅުއްވުން އެދެމެވެ.

- މަޢުލޫމާތު ދިނުން: ރަޖިސްޓްރީ ކުރައްވަމުން ގެންދަވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

- މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

ބީލަން ހުށަހެޅުން

- ސުންގަޑި: 08 ޖޫން 2022 ވާ ބުދަ ދުވަހުގެ 11:00 އަށް

- ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

- ބީލަންް އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.

- ބީލަން ހުށަހަޅުއްވާނީ މާލެއަތޮޅު އަަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

 

މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަންބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު" އާއި ނަންބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަންބަރ 19/2014  " އަމިއްލަ ފަރުދުންގެ ވިޔަފާރި" ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެގެން ޤަވާއިދުން ހިންގާ ވިޔަފާރިތަކަށެވެ.

 

24 ޝައްވާލް 1443

25 މެއި 2022

25 މޭ 2022
ހޯދާ