ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ކަނެކްޝަން ގުޅުމަށް ހުށަހެޅި ތަންތަނުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު:

ހއ.ބާރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ކަނެކްޝަން ގުޅުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައި މިއިދާރާއިން ކުރި ނަމްބަރު (IUL)257/257/2022/14 (26 ޖެނުއަރީ 2022) އިޢުލާންއާއި ގުޅިގެން ކަނެކްޝަން ގުޅުމަށް އެދުނު ތަންތަނުގެ ލިސްޓް މި އިޢުލާންއާއިއެކު އެއްކަރުދާސް ކުރެވިފައިއެވަނީއެވެ. މި ލިސްޓުގައި ކަނެކްޝަން ގުޅުމަށް ޝަރުތު ހަމަނުވާ ތަންތަނާއި ލިޔުންތައް ފުރިހަމަނުވާ ތަންތަން ފާހަޤަކުރެވިފައިވާނެއެވެ.

 

              ވީމާ މި ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 07 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް ޙާއްސަ ކުރެވިފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި ލިޔުންތައް ހަމަނުވާ ތަންތަނުގެ ވެރިފަރާތުން ލިޔުންތައް ހަމަކޮށް މި މުއްދަތުގައި ހުށަހެޅުމަށްވެސް ދެންނެވީމެވެ.

 

ގޫގުލް ފޯމް ލިންކް: https://forms.gle/Z6jw5Ps2Pf9AnZqD8

 

                      24 ޝައްވާލް 1443

                      25   މެއި 2022                

25 މޭ 2022
ހޯދާ