އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

މަޤާމް :ހިއުމަން ރިސޯސް އޮފިސަރ
ބޭނުންވާ އަދަދު :1

އިއުލާން

 

     މި ހޮސްޕިޓަލުގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައި ހިއުމަން ރިސޯސް އޮފިސަރ ގެ މަގާމުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

މަޤާމް:

ހިއުމަން ރިސޯސް އޮފިސަރ

 

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

 

 

ސެކްޝަން

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

 

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

 

 

މުސާރަ:

ސަރވިސް އެލަވަންސް:

ޓެކްނިކަލް ކޯ އެލަވަންސް:

ރިސްކް އެލަވަންސް:

 މަސައްކަތު މުއްދަތު:

މަސައްކަތްކުރަންޖެހޭ ވަގުތު:

މަހަކު : -/5610 ރުފިޔާ

މަހަކު: -/2000 ރުފިޔާ

މަހަކު: -/700ރުފިޔާ

-/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

 6 މަސް ދުވަސް

ދުވާލަކު މަދުވެގެން 6 ގަޑިއިރު ހަފްތާއަކު 5 ދުވަހު ރަސްމީ ގަޑި (އަދި  ދުވާލަކު 6 ގަޑިރަށްވުރެ އިތުރަށް ކުރާ މަސައްކަތުގެ ގަޑިއިރަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.)

 

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތައް:

  • މުވައްޒަފުންނަށް މުސާރަދިނުމަށްޓަކައި  ބޭނުންވާ އެކިއެކި ރިޕޯޓްތަކާއި ލިޔުންތައްހޯދައި މުސާރަޝީޓް ތައްޔާރުކުރުން.
  • މުސާރައާއިބެހޭ މައުލޫމާތު ކަނޑައެޅިފައިވާ މުއްދަތަށް ސެޕަށް އަޕްލޯޑްކޮށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސް ޑިޕާޓްމަންޓަށް މުސާރަ ޝީޓް ފޮނުވުމަށްފަހު މުސާރަ ސްލިޕްތައް ކަނޑައެޅިފައިވާ މުއްދަތުގައި ސިސްޓަމް އަޕްޑޭޓްކުރުން.
  • ޕެންޝަން ފަންޑާއި ކްރެޑިޓް ސްކީމް އަދި އެކިއެކި ބޭންކުތަކުން ލޯނުނަގާ މުވައްޒަފުންގެ މައުލޫމާތު މުސާރަ ޝީޓަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޕެންޝަންފަންޑާއި ކްރެޑިޓް ސްކީމަށް މުވައްޒަފުންގެ މުސާރައިން އުނިކުރަންޖެހޭ ފައިސާ ގަވާއިދުން އުނިކުރުމާއި، މުސާރައާއިގުޅުންހުރި އެންމެހާ ލިޔުންތަކުގެ މަސައްކަތްތައްނިމުމުން ފައިލްކޮށް ބެލެހެއްޓުން.
  • ދިވެހި އަދި ބިދޭސީ މުވައްޒަފުންނަށް ގަވާއިދުން ދިނުމަށް ކަނޑައަޅާފައިވާ ޓިކެޓް، މުއްދަތަށް ނެގުމާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން .
  • ކޮންމެ އަހަރެއްގެ ސްޓާފް ބަޖެޓް ހެދުމަށް ބޭނުންވާ މައުލޫމާތުތައް ހޯދައި ބަޖެޓް ތައްޔާރުކޮށް ފައިނޭންސް ޑިޕާޓްމަންޓަށް ހަވާލުކުރަންޖެހޭ މުއްދަތުގައި ހަވާލުކުރުން.
  • ބިދޭސީ މުވައްޒަފުންގެ މެޑިކަލް ރީފަންޑް އަދި ޓިކެޓް ރީފަންޑް ދޭންޖެހޭ ހާލަތްތަކުގައި ގަވާއިދުން ތައްޔާރުކޮށް ކަނޑައެޅިފައިާ މުއްދަތަށް ފައިނޭންސް ޑިޕާޓްމަންޓަށް ހަވާލުކުރުން.
  • މުވައްޒަފުންގެ މުސާރައާއި ގުޅުންހުރި މެމޯ، ސިޓީ އަދި ލިޔުންފަދަ ލިޔެކިޔުންތައް ތައްޔާރުކޮށް ޑިސްޕެޗްކުރުމާއި އެލިޔުންތަކާއި މުސާރައާއި ގުޅުންހުރި ޝީޓްތައް ގަވާއިދުން ފައިލްކުރުން.
  •  މުވައްޒަފުންގެ މުސާރައާއި ގުޅިގެން ކުރަންޖެހޭ އޮޑިޓްތައް ކުރުން

 

 

މަޤާމުގެ ޝަރުތުތައް:

 

 

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ހިއުމަން  ރިސޯސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

 

 

   

 

 ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 31 މެއި 2022 ވާ އަންގާރަ ދުވަހުގެ 13:00 [email protected]   އަށެވެ.

  1. މަގާމަށް އެދި ހުށަހުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
  3. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓް ކޮށްފައިވާ)
  4. ޕޮލިސް ރިޕޯރޓް (3 މަސް ހަމަނުވާ)
  5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
  6. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް  (އެޓެސްޓްކޮށްފައިވާ)
  7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން ލައިސަންސްގެ ކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

  24 ޝައްވާލް 1443

   25 މެއި 2022

 

25 މޭ 2022
ހޯދާ