މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.އަތޮޅުގެ މަދަނީ ޖަމިއްޔާތަކުން ރާވާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުން

ށ.އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. މާލީ އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ، ޖަމިއްޔާތަކުގެ ތެރެއިން ރަޖިސްޓްރީކުރި ފަހުން 1 (އެކެއް) އަހަރު ވެފައިވާ ށ. އަތޮޅަށް ނިސްބަތްވާ ޖަމިއްޔާތަކަށެވެ. އެގޮތުން މާލީ އެހީ ދޫކުރެވޭނީ މުޖްތަމަޢު ބާރުވެރިކުރުމަށާއި، އިޖްތިމާޢީ ތަރައްޤީއަށް އަދި އިޖްތީމާޢީ ރޫޙް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ. އަދި އެ ޕްރޮގްރާމް/ތައް ވާންވާނީ އެ ޖަމިއްޔާއެއް ނިސްބަތްވާ ރަށެއްގެ ކައުންސިލުން އެންޑޯސްކުރާ ޕްރޮގްރާމަކަށެވެ.

ށ.އަތޮޅުގެ މަދަނީ ޖަމިއްޔާތަކުން ރާވާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީ ދިނުމުގެ އުޞޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް އަދި މާރކްސް ދިނުމުގެ ކްރައިޓީރިއަރ މި އިއުލާނާއިއެކު ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި ކައުންސިލްގެ ވެބްސައިޓް www.shaviyani.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ގްރާންޓްގެ ނަން:

ށ.އަތޮޅުގެ މަދަނީ ޖަމިއްޔާތަކުން ރާވާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީ ދިނުން

އެހީގެ ފައިސާދެވޭ މިންވަރު: 

ޕްރޮޕޯސަލް ހުށައަޅާ ޖަމިއްޔާތަކުގެ ތެރެއިން އަތޮޅުން ހޮވާލެވޭ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައަޅާ 3 ޖަމިއްޔާއަކަށް ކޮންމެ ޖަމްއިއްޔާއަކަށް 75,000/- (ހަތްދިހަ ފަސް ހާސް) ރުފިޔާއެވެ.

 ސުންގަޑި:

 05 ޖުލައި 2022 ވަނަދުވަހުގެ 13:00ގެ ނިޔަލަށް

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ގޮތް:

 ޕްރޮޕޯސަލްތައް ހުށައެޅުމަށް މިކައުންސިލްގެ [email protected]  މެއިލްއަށް ޕްރޮޕޯސަލްއާއި ޕްރޮޕޯސަލްއާއި ގުޅޭ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.

ނޯޓް: ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން މެއިލް ލިބުނު ކަމަށް ރަސްމީ 1 ދުވަސްތެރޭގައި ރިޕްލައިއެއް ނުލިބޭނަމަ 6540471 /6540472 އަށް ގުޅުއްވާ ޕްރޮޕޯސަލް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.

 ޕްރޮޕޯސަލްއާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ
  2. ފާއިތުވި 1 އަހަރުގެ އަހަރީ ރިޕޯޓު ހުށައެޅިކަމަށް މިނިސްޓްރީއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ
  3. ޕްރޮގްރާމް/މަޝްރޫޢުގެ އެކިއެކި ކަންތައްތަކާއި ހަވާލުވާ ފަރާތްތައްކަމުގައި ޕްރޮޕޯސަލްގައި ހިމަނާ ފަރާތްތަކުގެ އައިޑީ ކާޑު ކޮޕީ
  4. މަޝްރޫޢާއި ގުޅޭ އެހެނިހެން ލިޔެކިޔުންތައް

 

  • ޕްރޮޕޯސަލްއާއިއެކު ހުށައަޅަންޖެހޭ މައިގަނޑު ލިޔެކިޔުންތައް (1 2 3 ) ފުރިހަމަ ނުވާނަމަ ޕްރޮޕޯސަލް ބަލައިނުގަތުމާއި ޕްރޮޕޯސަލް ކެންސަލްކުރުމުގެ އިޙްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

 

‏24‏ ޝައްވާލް‏ 1443

‏25‏ މެއި‏ 2022

25 މޭ 2022
ހޯދާ