މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާ މަރާމާތުކުރުން

ކައުންސިލްގެ އިދާރާގައި ކުރަންހުރި، ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތްކުރާނީ މިއިޢުލާނުގައިވާ މަޢުލޫމާތާއި ކުރެހުންތަކާއި ނަމޫނާތަކާއި އެއްގޮތަށެވެ.

ކައުންޓަރ އޭރިއާ:

1- ދެކުނު ފާރާއި (13 x 11 ފޫޓް)، ހުޅަނގު ފާރު (13 x 11 ފޫޓް) ން ކުލަ ކަހައި، އެ ދެފާރުގައި 6 ނުވަތަ 8 އެމްއެމް ބޯމިނުގެ (ހުދު ކުލައިގެ ސިމްޕަލް/ ރަސްމީކަން ނުގެއްލޭ ފަދަ ޑިޒައިނެއް ހިމެނޭ) ޕީވީސީ ވޯލް ޕެނަލް (ލަކުޑި ފަތި އަޅައިގެން) ހަރުކުރުން. (ޕެނަލް ހަރުކުރާއިރު، ފާރުގައި މިހާރުހުރި ސޮކެޓްތަކާއި، ނެޓްވޯކް ފޮށިތަކަށް ޕެނަލްއިން ކެނޑުމާއި، މިހާރު ހުރި ކޭސިންގތައް ނަގައި، ކޭބަލްތައް ޕެނަލްގެ ތެރެއަށް ދޫކޮށްލުމާއި، އޭސީ ނައްޓުވައި، ޕެނަލްގެ މަތިން އޭސީ ހަރުކުރުން).

2- އިރުމަތި ފާރުގެ ފިންގަރޕްރިންޓް މެޝިންގެ ފަހަތުން ފާރުން ކަނޑާފައިވާ ބާގަނޑަށް 25 އެމްއެމްގެ 8 އިންޗި ދިގު ކޮންޑިއުޓް ހޮޅިކޮޅެއް ލެއްވުމާއި، ބާގަނޑު ސިމެންތިން ބެއްދުން.

3- އިރުމަތި ފާރާއި، އުތުރު ފާރުން ކުލަކަހައި، ސީލަރުލައި، އޮއިލް ބޭސްޑް އިންޑޯ މޮޅު ހުދު ކުލަލުން.

4- ކައުންޓަރުގެ އެތެރެއަށް ވަންނަ ދޮރުގައި މިހާރު އިން ޑޯކްލޯޒަރ ނަގައި، އާ ޑޯކްލޯޒަރެއް ހަރުކުރުން.

5- އިރުމަތި ފާރުގައި ހުރި ދޮރުގެ ދޮރުފަތް އުތުރު ފަރާތަށް ހުޅުވޭ ގޮތަށް (ތަޅުވެސް ލެވޭގޮތަށް) ބަދަލުކުރުމާއި، ޑޯކްލޯޒަރ ހަރުކުރުން.

ސަރވަރ ރޫމް

  1. ސަރވަރ ރޫމްގެ ސީލިންގ ފަންކާ ނަގައި، ސީލިންގ ބައްދައި، ހުދު ކުލަލުން އަދި ފާރުގައި އިން ލައިޓް ނެގުން.
  2. ސަރވަރ ރޫމް އިރުމަތި ފާރުގައި (12 ފޫޓް ދިގު x 10 ފޫޓް އުސް ފާރުގައި) ފައިލިންގ ރެކެއް ޖެހުން - އިރުމަތި ފާރުގައި ބިމުން ފެށިގެން ސީލިންގ އާއި ހަމައަށް، 16 އެމްއެމް ކަބަޑު ފިލާ ބޭނުންކޮށްގެން ފައިލިން ރެކެއް ޖެހުން. (ކޮންމެ ދެރެކެއްގެ ދޭތެރެއިން 16 އިންޗި ޖާގަ ބޭއްވުމަށްފަހު ހުރަސް ފިލާތައް ޖެހުމާއި، ކޮންމެ 30 އިންޗިއަކުން ދިގަށް (ކޮޅަށް) ފިލާ ޖެހުމާއި، އަދި ފާރުން ފެށިގެން ބޭރަށް 12 އިންޗި ނެރުމާއި، ރެކުގެ ކުރިމައްޗާއި ފަހަތް ފިޔަވައި އެހެން ބިއްތައް ބެއްދުމާއި، ފާރަށް ސަޕޯޓްކުރުން)

އެސްޖީ ކެބިން:

  1. އުތުރު ފާރުގައި ހުރި ދޮރުގެ ދޮރުފަތް ނަގައި، ފާރާއި އެއްހަމައަށް 6 އެމްއެމް ފިލާ ޖަހައި ބެއްދުމާއި، ނެގި ދޮރުފަތް، ރައީސް ކެބިންގައި ހަރުކުރުން އަދި އުތުރު ފާރުން ކުލަކަހައި، ސީލަރުލައި، އޮއިލް ބޭސްޑް އިންޑޯ މޮޅު ހުދު ކުލަލުން.
  2. ދެކުނު ފާރާއި (8 x 11 ފޫޓް)، ހުޅަނގު ފާރު (13 x 11 ފޫޓް) ން ކުލަ ކަހައި، އެ ދެފާރުގައި 6 ނުވަތަ 8 އެމްއެމް ބޯމިނުގެ (ހުދު ކުލައިގެ ސިމްޕަލް/ ރަސްމީކަން ނުގެއްލޭ ފަދަ ޑިޒައިނެއް ހިމެނޭ) ޕީވީސީ ވޯލް ޕެނަލް (ލަކުޑި ފަތި އަޅައިގެން) ހަރުކުރުން. (ޕެނަލް ހަރުކުރާއިރު، ފާރުގައި މިހާރުހުރި ސޮކެޓްތަކާއި، ނެޓްވޯކް ފޮށިތަކަށް ޕެނަލްއިން ކެނޑުމާއި، މިހާރު ހުރި ކޭސިންގތައް ނަގައި، ކޭބަލްތައް ޕެނަލްގެ ތެރެއަށް ދޫކޮށްލުމާއި، އޭސީ ނައްޓުވައި، ޕެނަލްގެ މަތިން އޭސީ ހަރުކުރުން).
  3. ކެބިންގެ ދޮރުފަތުގައި އެޕޯލޯ ތަޅެއް ހަރުކުރުމާއި ޑޯކްލޯޒަރ ހަރުކުރުން.

ފައިނޭންސް ޔުނިޓް:

  1. ފްލޯރއަށް ދޫކޮށްލާފައިވާ ކޭބަލްތައް ކޭސިންއަށް ލައި ހަރުކުރުން

ރައީސް ކެބިން

  1. ދެކުނު ފަރާތު ޕާޓިޝަން ސީލިންގ އާއި ހަމައަށް ބެއްދުން. (ފަތި އަޅައި، ދެފަރާތުގައި 3 އެމްއެމް ޕްލައިވުޑް ޖަހައި ހުދު ކުލަލުން)
  2. ސީލިންގ ފަންކާ ނަގައި، ސީލިންގ ބައްދައި، ހުދު ކުލަލުން.
  3. އެސްޖީ ކެބިނުން ނެގި ދޮރުފަތް، މިހާރު ދޮރަށް ކަނޑާފައި އިންތަނުގައި ހަރުކުރުމާއި، ޑޯކްލޯޒަރ ހަރުކުރުން.

ސައިކޮޓަރި

  1. އޮފީސް ބައިން ސައިކޮޓަރިއަށް ވަންނަ ދޮރުގެ ދޮރުފަތް ނަގައި، އައު ދޮރުފަތެއް (1800mm 820mm x) ޖަހައި ހަރުކުރުމާއި، އަތްގަނޑު ތަޅެއް ހަރުކުރުމާއި، ޑޯކްލޯޒަރ ހަރުކުރުން.
  2. ސައި ކޮޓަރީގެ އިރުމަތި ފާރާއި އިންވެގެން އިން ފެންވަޅު ބިމާއި ހަމައަށް ލެވެލް ކުރުމަށް، ބިމުން މައްޗަށް އިންބައި ތަޅާލައި، ބިމާއި ހަމައަށް ތިރިކޮށް، ވަޅުދިޔަ ހިއްކުމާއި، (މިހާރު އިން) މަތިގަނޑު އެޅުން އަދި ފާރާއި އިންވެގެން އިން ބައިގައި ސިމެންތި ޖަހައި އޮމާންކޮށް ކުލަލުން އަދި ތަޅާލި ގައުތައް އުކާލުން.
  3. ތިރީގައިވާ ނަމޫނާއާއި އެއްގޮތަށް 4 ފޫޓް ދިގުމިނުގެ 6 ބެންޗު ޓްރީޓްކޮށްފައިވާ އޮރިމަސް ވަކަރު ލަކުޑިން ހަދައި، އޮމާންކުރުން.
  4. ތިރީގައިވާ ނަމޫނާއާއި އެއްގޮތަށް 3 ފޫޓު ފުޅާ x 4 ފޫޓު ދިގު (2.5 ފޫޓް އުސްމިނުގެ) 2 މޭޒު، ޓްރީޓްކޮށްފައިވާ އޮރިމަސް ވަކަރު ލަކުޑިން ހަދައި، އޮމާންކުރުން.
  5. ސައިކޮޓަރީގެ ސިންކު ހިމެނޭ ބައިގެ ތަޅުންގަނޑު (8 ފޫޓް x 6 ފޫޓްގެ) ނަގައި، ދޮރުކައިރީގެ ތަޅުންގަނޑާއި އެއްލެވެލް އަށް އަލުން ތަޅުން އަޅައި، މުޅި ސައިކޮޓަރީގެ ތަޅުމުގައި އަޅިކުލައިގެ ފްލޯ ޕެއިންޓްލުން.
  6. އޮފީސް އިމާރާތާއި ގުޅުވައިގެން ރާނާފައިވާ 6’.5” x 6’.5” ފޫޓްގެ ފާރުބުރި އެއްކޮށްނަގާ އުކާލުމާއި، ފާރުހުރި ބައިގައި ތަޅުން އަޅާ އޮމާންކުރުމާއި ފްލޯ ޕެއިންޓްލުން އަދި ފާރާއި އިންވެގެން އިން ބައިގައި ސިމެންތި ޖަހައި އޮމާންކޮށް ކުލަލުން.
  7. ތިރީގައިވާ ކުރެހުމާއި އެއްގޮތަށް، ސައިކޮޓަރީގެ ހުޅަނގު ފާރުން ފެށިގެންގޮސް، ގުދަނުގެ ހުޅަނގުފާރަށް 14 ފޫޓް ދިގުމިނުގެ ޓްރަސް އެއްއަޅައި، ސައިކޮޓަރީގެ މިހާރު ހުރި ފުރާޅާއި ގުޅުވައިގެން، ދެކުނަށް ފެންފައްސަވާގޮތަށް 7 ފޫޓްގެ ފުރާޅެއް ހެދުން.
  8. ސައި ކޮޓަރީގެ އިރުމަތި ފާރާއި ހަމައަށް، މިހާރު ހަދާފައިވާ ފުރާޅު ކުޑަކުރުން. (ސައި ކޮޓަރީގެ އިރުމަތިފާރުގެ ބޭރުން ދޮޅު އިންޗި ދަގަނޑު 2 ހޮޅި އުތުރު ކަނާއި ދެކުނު ކަނުގައި ބުޑު އަޅައިގެން ޖަހައި، މިހާރު ހުރި ފުރާޅުގެ ދެކުނު ފަރާތު ޓްރަސް، ސައިކޮޓަރީގެ އިރުމަތި ފާރާއި ހަމައިން ބުރި ކޮށްލައި، އިތުރަށް ޖެހި ދަގަނޑު ހޮޅިއާއި ގުޅުވައި ވެލްޑިން ކުރުމާއި ދަވާދުލުން)
  9. ސައިކޮޓަރިއާއި ފާހާނާއާއި ދެމެދުގެ ޖާގައިގައި (ތަޅުން ނާޅާ ހުރިބައިގައި) ކައުންސިލުންދޭ ގައު އެތުރުން.
  10. ސައި ކޮޓަރީގެ ހުޅަނގު ފާރުން (އޮފީސް ބައިގެ އިރުމަތި ފާރުގެ ބޭރުން) އާއި، ފާހާނާގެ ބޭރު ފާރު އަދި އތމ ކޮމިޓީގެ ބޭރު ފާރުން ކުލަ ކެހުމާއި، ސިމެންތި ނެއްޓިފައިވާ ތަންތަނުން ސިމެންތި ކޮށާ ސިމެންތިޖެހުމާއި، ސީލަރުލާ އޮއިލް ބޭސްޑް އައުޓްޑޯ މޮޅު ކުލަލުން. (ކުލަ ކޯޑު HEX: #b4d35b NP BGG 1681D /)
  11. ސައިކޮޓަރީގެ ފާހާނާގެ ފުރާޅުގައި ދިޔަދޮވި ހަރުކޮށް ވާރޭފެން ހޮޅިއާއި ގުޅުވާލުން.
  12. ސައިކޮޓަރީގެ ފާހާނާގެ ސީލިންގ ނަގާ (6 އެމްއެމް ފިލާ ބޭނުންކޮށްގެން) އަލުން އައު ސީލިންގެއް އަޅައި ހުދު ކުލަލުން.
  13. ސައިކޮޓަރި ފާހާނާގެ، ފާހާނާ ތަށި ނަގައި އައު ފާހާނާ ތަށްޓެއް (ފްލަޝް ޓޭންކާއެކު) ހަރުކުރުން.

ގަރާޖު

  1. ގަރާޖުގެ އިރުމަތި ބިއްގަނޑު (ޓިނުން ހަދާފައިވާ ބިއްގަނޑު) ނަގައި، ކައުންސިލް އިދާރާގެ އިރުމަތި ބޭރު ފާރުގެ އެތެރެއިން އަލުން ބުޑު އަޅައި، އަލުން ބިއްގަނޑު ހަރުކުރުން.
  2. ތިރީގައިވާ ކުރެހުމާއި އެއްގޮތަށް، ގަރާޖުގައި މިހާރުހުރި ފުރާޅު ނަގައި، ކައުންސިލް އިދާރާގެ ގުދަނުގެ ފުރާޅާއި ގުޅުވައިގެން، ގަރާޖުގެ އުތުރު އިމާއި ހަމައަށް (ސައިކޮޓަރީގެ ފުރާޅުގެ އަސްކަންޏާއި އެއްހަމައަށް)، ސައިކޮޓަރީ ފުރާޅުގެ އުތުރުގައި ހުރި ޓްރަސް އާއި ގުޅުވައިގެން، އިދާރާގެ އިރުމަތި ބޭރުފާރާއި ހަމައަށް ޓްރަސް ދިގުކޮށް، އެޓްރަސްއަށް ފައިދޮށް އަޅައި، އުތުރުފަރާތަށް ފެން ފައްސަވާގޮތަށް ފުރާޅެއް ހެދުން. (ހިޔާކުރާނީ ލައިސާޓް ޓިނުން)
  3. ގުދަނުގެ ފުރާޅާއި ގުޅުވައިގެން ގަރާޖަށް އިތުރު ކުރެވުނު ފުރާޅުގެ މެދާ ހިސާބުން އިތުރު ސަޕޯޓަކަށް، ފުރާޅު ހުރަސްވާގޮތަށް (އިރުން ހުޅަނގަށް) ޓްރަހެއް އެޅުން.
  4. ގަރާޖުގެ ކޮންމެ ކަނެއްގައި ޖަހާފައިވާ ހޮޅިތަކުގައި ކަތި އަޅައި، ވަރުގަދަކުރުން.
  5. ގަރާޖުގެ ފުރާޅާއި، ސައި ކޮޓަރީގެ ފުރާޅާއި ދެފުރާޅު ދޭތެރެ ޓިނުޖަހަގެން ބެއްދުން.
  6. ކައުންސިލް އިދާރާގެ ގުދަނުގެ ފުރާޅުގައި ހުރި ދިޔަދޮވި ނަގައި، ފަހުން އިތުރުކުރި، ގަރާޖުގެ ފުރާޅުގައި ހަރުކޮށް، ސައިކޮޓަރި ފުރާޅުގައި ކުރިން ހުރި ދިޔަދޮވި އާއި ގުޅުވުމާއި، ދިޔަދޮވިން ފައިބާ ފެން، ކައުންސިލް އިދާރާގެ އުތުރު ގޯތިތެރޭގައި ހުރި ވަޅަށް އެޅޭ ގޮތަށް ހޮޅި އެޅުން.
  7. ގަރާޖުގައި މިހާރު އަޅާފައިވާ ތަޅުމާއި ގުޅުވައިގެން، ހިޔާކުރި ބައިގައި (މުޅި ގަރާޖުގައި) ތަޅުން އެޅުން.
  8. ގަރާޖު ކުރިމަތިން ވަށާފާރުން މިހާރު ކަނޑާފައިވާ ދޮރުގެ އިރުމަތިން އިތުރު 2 ފޫޓް ކަނޑައި، ޕިކަޕަށް ވަދެވޭ ވަރަށް ދޮރު ބޮޑުކުރުމާއި، ފާރުގައި ކުރިން ހުރި ޑިޒައިންނަށް ބޯޑަރު ހަދައި ސިމެންތި ޖެހުމާއި، ސީލަރުލާ އޮއިލް ބޭސްޑް އައުޓްޑޯ މޮޅު ކުލަލުން (ކުލަ ކޯޑު HEX: #b4d35b NP BGG 1681D /) އަދި ފާރުން ތެޅިބައިގެ ގައުތައް އުކާލުން.

ގުދަން

  1. ގުދަނުގެ ޑެކު ހިފެހެއްޓުމަށް، އުތުރު ފާރާއި އިންވެގެން ހުރަހަށް، 15 ފޫޓުގެ ފައިދޮށްގަނޑެއް ހަރުކުރުމާއި، ހުރަހަށް އަޅާފައިވާ ޓްރަސްއާއި (ވެލްޑިންގކޮށް) ގުޅުވައިގެން 2 ފޫޓް 2 އިންޗި ޓްރަސްއެއް އުތުރަށް އިތުރުކޮށް ފާރަށް ސަޕޯޓް ހިފުމާއި، އުތުރު ފަރާތު ފާރުގައި ޖައްސައިގެން ދޮޅު އިންޗި ދަގަނޑު ހޮޅި (7 ފޫޓް ދިގުމިނުގެ 4 ހޮޅި) ބިމުން ފައިދޮށްގަނޑަށް ސަޕޯޓް ހިފައި ކޮޅަށް ޖެހުން. (ދޮރުގެ ހުޅަނގަށް 2 ހޮޅި އަދި އިރުމައްޗަށް 2 ހޮޅި)

މީޓިންގ ރޫމް

1- މީޓިންގ ރޫމްގެ އެތެރެ ފާރުތަކުން ކުލަ ކެހުމާއި، ސިމެންތި ނެއްޓިފައިވާ ތަންތަނުން ސިމެންތި ކޮށާ ސިމެންތިޖެހުމާއި، ސީލަރާއި، އޮއިލް ބޭސްޑް އިންޑޯ މޮޅު ހުދު ކުލަލުން.

2- މީޓިން ރޫމް އެތެރޭގައި މަޑުފެހިކުލަ ލާފައިވާ ބައިގައި އަދި ސީލިންގ ގައި އޮއިލް ބޭސްޑް އިންޑޯ މޮޅު ހުދު ކުލަލުމާއި، މިހާރު ގަދަފެހި ކުލަ ލާފައިވާ ބައިގައި އަދި ސީލިންގ ބޯޑަރުގައި ގަދަފެހި ކުލައިގެ އިންޑޯ މޮޅު ދަވާދުލުން. (ކުލަ ކޯޑު HEX: #3a9f43 NP BGG 1645A /)

3- ސީލިންގ ގައި މިހާރު ހުރި ލައިޓްތައް ނަގައި، 1ފޫޓް x 1ފޫޓް ސީލިންގ ސަރފޭސް މައުންޓް ލެޑް 10 ލައިޓް ހަރުކުރުމާއި، އޭގެ ސުވިޗުތައް (ކޮންމެ 2 ލައިޓަކަށް ސުވިޗެއް ވާގޮތަށް) މިހާރު ސުވިޗުތައް ހުރި ތަނުގައި ހަރުކުރުން.

4- ދެކުނު ފާރުގައި ހަރުކޮށްފައިވާ 2 ސޮކެޓް ސުވިޗު ތަޅުމުން ފެށިގެން ފޫޓެއް މައްޗަށް ތިރިކުރުމާއި، މީޓިންގ ރޫމްގެ ޑީބޯޑުން ކަރަންޓު ނަގައިގެން ސޮކެޓްތަކަށް ކަރަންޓުލުން

5- ދެ ކުޑަދޮރުގައި، ތަނުގެ ކުލައާއި ގުޅޭ، ރަސްމީކަން ނުގެއްލޭ ފަދަ ޑިޒައިނެއް ހިމެނޭ ދޮރުފޮތި (ކާޓެއިން) ހަރުކުރުން.

6- ބޮޑު ދޮރުގައި ޑޯކުލޯޒަރ ހަރުކުރުން.

7- އިރުމަތީ ފާރުގައިވާ ސޮކެޓް ސުވިޗް، މީޓިންގ ރޫމްގެ އިރުމަތީގައިވާ ފާހާނާ ހުރަސްކޮށް، ސްޓޮކް ރޫމްގެ އުތުރު ފާރަށް ބަދަލުކުރުން. (ސްޓޮކް ރޫމްގައި ހަރުކޮށްފައިވާ އޭސީއަށް ކަރަންޓު ދިނުމަށް)

ވޯކްވޭ (އޮފީސް އިމާރާތާއި މީޓިންގ ރޫމާއި ދެމެދު)

1- ސްޓޮކް ރޫމް ކުރިމަތި ހިޔާކުރުމަށް ޖަހާފައިވާ ފުރާޅުގަނޑުން ފާރުން ނެއްޓިފައިވާ ބައި ހަރުކުރުމާއި، ފާރަށް އިތުރު ސަޕޯޓެއް އެޅުމާއި ވަރުގަދަކުރުން.

2- މީޓިންގ ރޫމް ހިމެނޭ އިމާރާތުގެ ފުރާޅުގައި ދިޔަދޮވި ހަރުކުރުމާއި، ވާރޭފެން ހޮޅިއާއި ގުޅާލުން

3- މީޓިންގ ރޫމްގެ ބޭރުފާރާއި، ކައުންސިލް އިދާރާގެ ބޭރުފާރު އަދި އތމ ކޮމިޓީ ކެބިންގެ ބޭރުފާރުން ކުލަ ކެހުމާއި، ސިމެންތި ނެއްޓިފައިވާ ތަންތަނުން ސިމެންތި ކޮށާ ސިމެންތިޖެހުމާއި، ސީލަރުލާ އޮއިލް ބޭސްޑް އައުޓްޑޯ މޮޅު ކުލަލުން. (ކުލަ ކޯޑު HEX: #b4d35b NP BGG 1681D /)

ސްޓޮކް ރޫމް / ނަމާދުކުރާ ކޮޓަރި

  1. ސްޓޮކް ރޫމާއި އެރޫމްގައި ހިމެނޭ ފާހާނައިގެ އެތެރެ ފާރުތަކުގައި ކުލަ ކެހުމާއި، ސިމެންތި ނެއްޓިފައިވާ ތަންތަނުން ސިމެންތި ކޮށާ ސިމެންތިޖެހުމާއި، ސީލަރުލާ އޮއިލް ބޭސްޑް އިންޑޯ މޮޅު ހުދު ކުލަލުން.
  2. ފާރުގައި މިހާރު ހުރި ލައިޓްތައް ނަގައި، 1ފޫޓް x 1ފޫޓް ސީލިންގ ސަރފޭސް މައުންޓް ލެޑް 4 ލައިޓް ސީލިންގައި ހަރުކުރުމާއި، އޭގެ ސުވިޗުތައް (ކޮންމެ 2 ލައިޓަކަށް ސުވިޗެއް ވާގޮތަށް) އުތުރު ފަރާތު ފާރުގައި (ވަންނަ ދޮރު ކައިރި) ހަރުކުރުން.
  3. ފާހާނާގައި 1ފޫޓް x 1ފޫޓް ސީލިންގ ސަރފޭސް މައުންޓް ލެޑް 2 ލައިޓް ހަރުކުރުން.
  4. ފާހާނާ ތަށި ނަގައި އައު ފާހާނާ ތަށްޓެއް (ފްލަޝް ޓޭންކާއެކު) ހަރުކުރުން.
  5. މުސްލިމް ޝަވަރ ނަގައި އައު ޝަވަރެއް ހަރުކުރުން.

އ.ތ.މ.ކޮމިޓީ ކެބިން

1- އެތެރެ ފާރުތަކުގައި، ކުލަ ކެހުމާއި، ސިމެންތި ނެއްޓިފައިވާ ތަންތަނުން ސިމެންތި ކޮށާ ސިމެންތިޖެހުމާއި، ސީލަރުލާ އޮއިލް ބޭސްޑް އިންޑޯ މޮޅު ހުދު ކުލަލުން އަދި ސީލިންގ ގައިވެސް އޮއިލް ބޭސްޑް އިންޑޯ މޮޅު ހުދު ކުލަލުން.

2- މިހާރު ހަރުކޮށްފައިވާ ސީލިންފަންކާ ނަގާ އަލުން އައު ސީލިންގ ފަންކާއެއް ހަރުކުރުން.

3- ސީލިންގ ގައި މިހާރު ހުރި ލައިޓްތައް ނަގައި، 1ފޫޓް x 1ފޫޓް ސީލިންގ ސަރފޭސް މައުންޓް ލެޑް 6 ލައިޓް ހަރުކުރުމާއި، އޭގެ ސުވިޗުތައް (ކޮންމެ 2 ލައިޓަކަށް ސުވިޗެއް ވާގޮތަށް) މިހާރު ސުވިޗުތައް ހުރި ތަނުގައި ހަރުކުރުން.

ކުލަލުމާއި ކަރަންޓްގެ މަސައްކަތްތައް

  1. ކައުންސިލް އިދާރާގެ ވަށާފާރުގެ އެތެރެއާއި ބޭރުގައި، އަދި އޮފީސްބައިގެ ބޭރުފާރުތަކުން ކުލަ ކެހުމާއި، ސިމެންތި ނެއްޓިފައިވާ ތަންތަނުން ސިމެންތި ކޮށާ ސިމެންތިޖެހުމާއި، ސީލަރުލާ އޮއިލް ބޭސްޑް އައުޓްޑޯ މޮޅު ކުލަލުން. (ކުލަ ކޯޑު HEX: #b4d35b NP BGG 1681D /). ވަށާފާރުގެ މަތީ ބީމުގައި (ބޯޑަރުގައި) އަދި ތަނބުތަކުގައި (މިހާރުވެސް ގަދަފެހި ކުލަ ލާފައިވާ ތަންތަނުގައި) އޮއިލް ބޭސްޑް އައުޓްޑޯ މޮޅު ގަދަފެހިކުލަ (ކުލަ ކޯޑު HEX: #3a9f43 NP BGG 1645A /)
  2. ކައުންސިލް އިދާރާގެ އެތެރެ ފާރުތަކުގެ ތެރެއިން، ޕީވީސީ ޕެނަލް ހަރުކުރުމަށް ބަޔާންކޮށްފައިވާ ފާރުތަކާއި، ސަރވަރ ރޫމްގެ ފާރުތައް ފިޔަވައި، އެނޫން ހުރިހާ ފާރުތަކަކުން ކުލަ ކެހުމާއި، ސިމެންތި ނެއްޓިފައިވާ ތަންތަނުން ސިމެންތި ކޮށާ ސިމެންތިޖެހުމާއި، ސީލަރުލާ އޮއިލް ބޭސްޑް އިންޑޯ މޮޅު ހުދު ކުލަލުން އަދި ހުރިހާ ސީލިންގ ގައިވެސް އޮއިލް ބޭސްޑް އިންޑޯ މޮޅު ހުދު ކުލަލުން
  3. ކައުންސިލް އިދާރާގެ ޖަންކްޝަން ނަރުދަމާއާއި ގުޅާލުން.
  4. ކައުންސިލްގެ އޮފީސް ބައިގެ ސީލިންގައި މިހާރު ހުރި ލައިޓްތައް (19 ލައިޓް) 1ފޫޓް x 1ފޫޓް ސީލިންގ ސަރފޭސް މައުންޓް ލެޑް ލައިޓަށް ބަދަލުކުރުމާއި، ތިރީގައިވާ ބަޔާންކުރާ ގޮތަށް ލައިޓް 1ފޫޓް x 1ފޫޓް ސީލިންގ ސަރފޭސް މައުންޓް ލެޑް ލައިޓް އިތުރުކުރުން.
  • ފައިނޭންސް ބައިގެ އިރުމަތި ފާރާއި ކައިރިން ލައިޓް ނެތް ދިމާލުގައި (ލައިޓް ބެލެންސްވާގޮތަށް) 1 ލައިޓް.
  • ފައިނޭންސް ޔުނިޓްގެ ހުޅަނގުން މީޓިންގ ރޫމަށްދާ ގޯޅިއަށް 1 ލައިޓް.
  • އައިޑީ ކާޑު ހަދާ ބަޔަށް 1 ލައިޓް.
  • ސަރވަރ ރޫމަށް 2 ލައިޓް.
  • ރައީސް ކެބިން - ރައީސްގެ މޭޒުކޮޅާ ދިމާލުން 1 ލައިޓް (ރައީސް ކެބިންގެ ހުރިހާ ލައިޓެއްގެ ސްވިޗު، އެކެބިންގެ ދެކުނު ޕާޓިޝަނުގައި (ދޮރާއި ކައިރިން) ހަރުކުރުން)
  • މީޓިންގ ރޫމް، ސްޓޮކްރޫމް، ފާހާނާ، އތމ ކޮމިޓީ ކެބިންގެ ލައިޓްތައް ބަދަލުކުރާ ގޮތުގެ ތަފްޞީލް، މަތީގައި އެތަނަކަށް ޚާއްސަކޮށްފައިވާ ބައިގައި ބަޔާންކޮށްފައިވާނެއެވެ.

ބިޑް ރަޖިސްޓްރޭޝަން

2022 ޖޫން 01 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] / [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

  1. ވިޔަފާރީގެ ނަން
  2. ވިޔަފާރި ރަޖިސްޓްރީ ނަންބަރު
  3. ވެރިފަރާތުގެ ނަމާއި އެޑްރެސް
  4. ވެރިފަރާތާއި ގުޅޭނެ ނަންބަރު
  5. އީމެއިލް އެޑްރެސް

މިމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2022 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.

- އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ކައުންސިލްގެ އިދާރާ މަރާމާތުކުރުން"

                      މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

                             ރ. މަޑުއްވަރި، ދިވެހިރާއްޖެ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

- ކުންފުނީގެ ޕްރޮފައިލް

- ތަޖުރިބާގެ ލިޔުންތައް

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

 މާކްސް ދެވޭގޮތުގެ ތަފްސީލު:

  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު %85

- މުއްދަތު

- ތަޖުރިބާ %5

  1. 100،000.00 (އެއްލައްކަ) ރުފިޔާއިން މަތީގެ މަސައްކަތްތަކަށް ކޮންމެ ލިޔުމަކަށް 05 ޕޮއިންޓް ލިބޭނެއެވެ.
  2. 100،000.00 (އެއްލައްކަ) ރުފިޔާއިން ދަށުގެ މަސައްކަތްތަކުގެ ލިޔުންތަކަށް ކޮންމެ ލިޔުމަކަށް 01 ޕޮއިންޓް ލިބޭނެއެވެ.
  3. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  4. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  5. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 ޖޫން 01 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

  1. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
  2. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
  3. މިމަޝްރޫޢުގެ މަސައްކަތްތައް ކުރަންޖެހެނީ، ކައުންސިލް އިދާރާގައި ކަމަށްވާތީ، އިދާރާގެ އެތެރޭގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދެވޭނީ ރަސްމީ ގަޑި ނިމުމުންކަމަށް ވާތީ، މުއްދަތު ހުށަހެޅުމުގައި މިކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24 މޭ 2022
ހޯދާ