ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ

ވަޒީފާގެ ފުރުސަތު

މަޤާމު:  ޑިރެކްޓަރ

ބޭނުންވާ އަދަދު: 1

މަޤާމުގެ ރޭންކް: އީ. އެކްސް 1

ކްލެސިފިކޭޝަން: ޑިރެކްޓަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ، ތ. ކިނބިދޫ

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/8،835 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީ މަސައްކަތް ކޮށްފިނަމަ އިތުރުގަޑީ ފައިސާއާއި، ބަންދު ދުވަހުގައި މަސައްކަތް ކޮށްފިނަމަ ބަންދު  ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތްފަދަ އެހެނިހެން ޢިނާޔަތްތައް ސިވިލްސަވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

  1. ކައުންސިލުގެ ވިޝަން، މިޝަން، ސްޓްރެޓެޖިކް، އެކްޝަން ޕްލޭން އެކުލަވާލައި ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުން.
  2. ސިޔާސަތުތަކާއި މަޝްރޫޢުތައް އެކުލަވާލައި އެކަށައެޅުމާއި، އިދާރާ ހިންގުމުގައި ކައުންސިލުގެ ރައީސަށް ލަފާދީ އެހީތެރިވުން.
  3. ކައުންސިލުގެ ރައީސް ޖަވާބުދާރީވާންޖެހޭ ކަންކަމާއި ޙާލަތްތަކުގައި އެހީތެރިވެދިނުން.
  4. ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމާއި، ކައުންސިލުގެ ނިއްމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  5. އިންސާނީ ވަޞީލަތްތައް ހޯދައި ތަރައްޤީކުރުން.
  6. އޮފީހުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާނެ ވަޞީލަތްތައް ހޯދައިގެން، އެ ބޭނުންކޮށް، ޓެކްނޮލޮޖީއާއި އާ ގޮތްތައް ހޯދައި ތަރައްޤީކުރުން.

މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން

1- މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުތަކާއި، ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތްތައް ބައްޓަންކޮށް މުވައްޒަފުން އެކަންތައްތަކަށް އަހުލުވެރިކުރުވުން.

2- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުންނާއި، މަސައްކަތުގެ ފެންވަރުބަލައި ނިމުމުން، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ބޭނުންވާ ރޮނގުތައް ފާހަގަކޮށް، ކައުންސިލަށާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓަށް ހުށަހެޅުން.

3- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ ފޯމްތައް އަޞްލާ އަޅާކިޔައި، ފޯމްތައް ދިރާސާކުރުމަށްފަހު، ޕޮއިންޓް ދީފައިވަނީ ކަނޑައަޅާފައިވާ އިންތަކުގެ ތެރެއިންތޯ ބަލައި، އޭގެތެރެއިން އެއްވެސް ފޯމެއް ފުރިހަމަކޮށްފައިވަނީ ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި ތަފާތުގޮތަކަށްކަމަށް ފެންނަނަމަ، ޔުނިޓްގެ ވެރިޔާއާ މަޝްވަރާކޮށްގެން އެކަންތައް ޙައްލުކުރުން.

4- މަސައްކަތު އަހަރު ކަނޑައެޅިފައިވާ ޓާގެޓް ސެޓްކުރުމުގައި މުވައްޒަފުންނާ މުޢާމަލާތުކުރެވިފައިވޭތޯ ބަލައި، މަސައްކަތު އަހަރު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމްތައް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުން.

5- ފޯމްތަކުގައިވާ މަޢްލޫމާތުތަކުގެ މައްޗަށް ބަލައި އެ އޮފީހުގެ މުވައްޒަފުންނާ ބެހޭގޮތުން ފާހަގަކުރެވޭ ރަނގަޅު ކަންތައްތަކާއި، ކުރިމަތިވެފައިވާ ދަތިތަކާއި، އުޞޫލީ މައްސަލަތައް ފާހަގަކޮށް، އިޞްލާޙުކުރަންޖެހޭ ކަންތައްތައް ހިމެނޭގޮތުގެ ރިޕޯޓެއް އެކުލަވާލައި ކައުންސިލްގެ މަޝްވަރާއާއެކު އެކަންތައް އިޞްލާޙުކުރުން.

6- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލާ ފޯމްތަކާއި ރެކޯޑް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް ހޯދުން

7- އިދާރާގެ މަސައްކަތް ހިންގުމަށް ބޭނުންވާ ހުރިހާ ވަޞީލަތެއް ހޯދުމާއި އެތަކެތި ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ހިންގުން.

ފެންވަރު ނުވަތަ ޝަރުޠު

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

2- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

5- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

އިންޓަވިއުކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ 1 - 15 އޮކްޓޫބަރު 2014 އާ ދެމެދުގެ ދުވަހެއްގައި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ކުރިމަތިލާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

- އިންޓަވިއުކުރުމަށް ހަމަޖެހިފައިވަނީ ޝަރުޠު ފުރިހަމަވާ މީހުން ޝޯޓް ލިސްޓްކުރުމަށްފަހު ހޮވޭ ފަރާތްތަކާ އެކަންޏެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ލިއުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މި އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބް ސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް، މި ވަޒީފާއަށް ހޮވިއްޖެނަމަ، މި ވަޒީފާއަށް ބަދަލުވުމާމެދު، ކަމާބެހޭ ފަރާތުގެ އިޢްތިރާޒެއް ނެތްކަމުގެ ލިއުން.

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ. މެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢްލޫމާތެއް ސާފުކުރަން ބޭނުންނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6780031 ފޯނާ ގުޅުމުން އެ މަޢުލޫމާތެއް ސާފުކޮށްދޭނެއެވެ.

14 ސެޕްޓެންބަރު 2014
ހޯދާ