މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ވޮޗަރގެ މަޤާމަށް މީހަކު ހޯދުމަށް

މުލަކަތޮޅު މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު

  މ.މަޑުއްވަރި، ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

ނަންބަރު: K9C-A/2022/01

ތާރީޚް: 24 މެއި 2022

މަޤާމް

ވޮޗަރ

ރޭންކް: އެސް.އެސް 1

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

މ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/3100ރ

 

 

މިމަޤާމަށް ލިބޭ އެލަވަންސް

  • ސާރވިސް އެލަވަންސް: -/1000ރ (އެއްހާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20 (ވިހި އިންސައްތަ)
  • ލިވިންގ އެލަވަންސް: -/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސްރުފިޔާ)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖެގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 

އަސާސީ ޝަރުތު

1-      ލިޔަންކިޔަން ދަތުން

        ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދަރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ، ލިޔަންކިޔަން އެނގޭތޯ ބެލުމަށް މިކޯޓުން ޓެސްޓެއް ދީގެންނެވެ.

 

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް، ކޯޓުގެމުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)؛

(ހ)  6. ވަޒިފާއަދާކުރަންޖެހޭ ކޯޓުގެ މެޖިސްޓްރޭޓުން ނުވަތަ ކޯޓުގެ ނުވަތަ އިދާރާގެ އިސްވެރިޔާއާ ނުވަތަ އިސްވެރިންނާ، ވަޒީފާއަށް ހޮވޭމީހާއާ ނަސަބުގެ ގޮތުން ނުވަތަ މުޞާހަރާގެ ގޮތުން (މަންމައާ، ބައްޕައާ، ކާފައާ، މާމައާ، ދަރިއަކާ، އަންބަކާ، ފިރިއަކާ، ބޮޑުބޭބެއަކާ، ބޮޑުދައިތައަކާ، ޅިޔަންފަހަރިންނާ، ބަފާބެއާ، މައިދައިތައާ، އެއްބަނޑު އެއްބަފާ މީހަކާ، އެއްބަނޑު މީހަކާ، ނުވަތަ އެއްބަފާ މީހަކާ ނުވަތަ މިއިން މީހެއްގެ ދަރިއަކާ) ގުޅުން ހުރި މީހަކަށް ނުވުން.

(ހ) 7. ވަޒީފާއަށް ހޮވޭ މީހަކީ، ވަޒީފާ އަދާކުރަންޖެހޭ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފެއްގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ނުވުން.

 

 

 

 

މަޤާމްގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތުތައް

  • ކޯޓުގެ ޢިމާރާތާއި ގޯތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން
  • ޑިއުޓީކުރަން ފެށުމުގެ ކުރީގައި ކޯޓްގެ ސަލާމަތާގުޅޭ ކަންކަން ހުރިނެތް ގޮތް ބަލާ ފާސްކުރުން
  • ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް ކޯޓްގެ ގޯތިތެރެއަށް ތަކެތި ވައްދައި، ނެރުނަ ނުދިނުން
  • ކޯޓްގެ ޢިމާރާތާއި ގޯތީގައި ހުރި އެއްވެސް އެއްޗަކަށް އެއްވެސް ފަރާތަކުން ގެއްލުމެއްދިނަ ނުދިނުން
  • ކޯޓުގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ވަގުތުން ކުރަންޖެހޭނެ ކަމަށް ފެންނަ ކަންތައްތަކުގެ މަޢުލޫމާތު ވީއެންމެ އަވަހަކަށް ސްޕަވައިޒަރަށް ދިނުން. އަދި ސްޕަވައިޒަރ އަންގާގޮތެއްގެ މަތިން އެކަމެއް ހައްލުކުރުން.
  • އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ކޯޓްގެ ގޯތިތެރޭގެ ލައިޓްތައް ދިއްލުމާއި ލައިޓެއް އަނދައިފިނަމަ ކަމާގުޅޭ މުވައްޒަފުންނާއި ގުޅިގެން އެކަން ހައްލުކުރުން
  • ކޯޓުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކޯޓުގެ ގަސްތަކަށް ފެންދީ ބެލެހެއްޓުން
  • އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓްގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން

 

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ، ޝަރުއީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  6. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  7. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލްސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ

 

ސުންގަޑި

05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ([email protected]) އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

(އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.)

 

 

 

 

 

 

 

އިތުރު މަޢުލޫމާތު

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް މ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކައުންޓަރުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv  އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6721518
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުތުތަށް ހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި ވަޒީފާއަށް މީހަކު އައްޔަށް ކުރުމުގެކުރިން މަތީގައި ޙަވާލާދިން މާއްދާގެ (ށ) ގައި ބުނާކަންކަމަށް ރިޢާޔަތް ކުރެވޭނެ ކަމުގައިވެސް ދެންނެވީމެވެ.
  • މި މަޤާމުގެ އިންޓަރވިއު 2022 ޖޫން މަހުގެ 12 އިން 23 އާއި ދެމެދު މ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން އެމުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވެވޭގޮތަށް ތިއްބެވުމަށް ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

މިކޯޓުގެ ވޮޗަރގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތަޢުލީމް: 25 ޕަސެންޓް
  • މަސައްކަތުގެ ތަޖުރިބާ: 20 ޕަސެންޓް
  • އިންޓަރވިއު: 55 ޕަސެންޓް

 

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
  • މަޤާމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • ލިޔަންކިޔަން ދަތުމާއެކު ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ، ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ޙާޞިރީ އާއި މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
  • ދަޢުލަތުގެ އިދާރާއަކުން ނުވަތަ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
     

 

24 މޭ 2022
ހޯދާ