މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީގެ ވަށައިގެންވާ ސަރަޙައްދު ތަކުގައި އެކިއެކި ފަރާތްތަކުން ބަހައްޓާފައިވާ ތަކެތިނެގުމާގުޅޭ

އިޢުލާން

 

އޭދަފުށީގެ ވަށައިގެންވާ ސަރަޙައްދު ތަކުގައި އެކިއެކި ފަރާތްތަކުން ބަހައްޓާފައިވާ ތަކެތިނެގުމާގުޅޭ:

 

                  އޭދަފުށްޓަކީ އަމާން އޮމާން ސާފުތާހިރު ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމުގެ މަޤްޞަދުގައި މިކައުންސިލްގެ ފަރާތުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އޭދަފުށީގެ ވަށައިގެންވާ ސަރަޙައްދު ތަކުގައި ކައުންސިލްގެ ހުއްދަނެތި އެކިއެކި ފަރާތްތަކުން ބަހައްޓާފައިވާ ދަރު،ފަން،ލަކުޑި،ނާށި،އުނބު،ފަންތޮށި އަދި މިނޫންވެސް ތަކެތި މިއަދުން ފެށިގެން މި މަހުގެ 29 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ނެގުމަށް އެތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ފަހުން ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ނުނަގާހުރިތަކެއްޗަކީ   ވެރިފަރާތެއްނެތް ތަކެތިކަމަށް ބަލައި އެތަކެތި ނައްތާލުމުގެ މަސައްކަތް 30 މޭ 2022 ވާ ހޯމަ ދުވަހުންފެށިގެން ކައުންސިލުން ކުރިއަށްގެންދާނެއެވެ.

 

           އަދި،ދަންނަވަމެވެ. ތަކެތި ނައްތާލުމުގެ މަސައްކަތްކުރަމުންދާއިރު އުކާލެވޭ އެއްވެސް އެއްޗަކަށް ނުވަތަ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުވާނެކަންވެސް ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                   22  ޝައްވާލު      1443ހ

                   23  މޭ          2022މ

23 މޭ 2022
ހޯދާ