ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުން

ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުން

 

މި ކައުންސިލުން ބޭނުންވާ ކަންކަމުގައި އިދާރީ ކޮންސަލްޓަންސީ ހިލޭ ދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

 

ޝަރުތު:

  1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓް ދާއިރާއިން ދަށްވެގެން ބެޗްލާސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ނުވަތަ 8 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުން ނުވަތަ
  2. އިދާރީ ހިންގުމުގެ ދާއިރާއިން މަދުވެގެން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ސުންގަޑި:

މި ކަމަށް ޝައުގުވެރިވެލައްވާ ފާރާތްތަކުން 2022 މެއި 31 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ލިޔެކިއުން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް އެޑްރެސް: [email protected]މެދުވެރިކޮށް ލިޔެކިއުން ބަލައިގަނެވޭނެއެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ލިޔެކިއުމެއް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

ހުށަހަޅަންޖެހޭ ލިއުންތަށް:

  • Ø     އަމިއްލަ ފަރާތެއްނަމަ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (އަސްލާއި އެއްގޮތަކަމުގެ ތައްގަނޑު ޖަހާފައި)
  • Ø     ކޮންސަލްޓަންސީ ފާރމެއް ނުވަތަ ކުންފުންޏެއްނަމަ ރަޖިސްޓްރޭޝަން ކޮޕީ އަދި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • Ø     ޕްރޮފައިލް
  • Ø     ތަޖުރިބާ ލިޔުންތައް

އިތުރު މަޢުލޫމާތު ސާފްކުރުން:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާނަމަ މި ކައުންސިލާއި ގުޅައިގެން ނުވަތަ އީމެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. ) ފޯނު ނަންބަރ: 6500039 / އީމެއިލް އެޑްރެސް: [email protected] (

 

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 މޭ 2022
ހޯދާ