ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީ ހުއްޓޭކޮޑާ އިން ފަތުރުވެރިކަމަށް ބިން ދޫކުރަން ކުރި އިޢުލާންގެ މުއްދަތު އިތުރު ކުރުން

މިއިދާރާގެ ނަންބަރު 422/422/2022/40(IUL)   (10 މެއި 2022) ގެ އިޢުލާނުން މިރަށު ހުއްޓޭކޮޑާ އިން ފަތުރުވެރިކަމަށް ބިން ދޫކުރުމާއި ގުޅޭގޮތުން ރަޖިސްޓްރީ ވުމަށް ދެވިފައިވާ މުއްދަތު އަދި ބީލަން ހުޅުވުމަށް ދެވިފައިވާ މުއްދަތު ވަނީ އިތުރުކުރެވިފައެވެ.

މިގޮތުން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 31 މެއި 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ކުރިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  30 ޖޫން 2022 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ޝީޓުގައިވާ ގޮތަށް ބަންދުކުރެވިފައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 23 ޖޫން 2022  ވާ ބުރާސްފަތި  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅިގެން ޕްރީބިޑް މީޓިންގް އެއް ނޯނާނާނެއެވެ.  މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

22 މޭ 2022
ހޯދާ