މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލަށް 1.5 ޓަނުގެ ޕިކަޕެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)303-AS /303/2022/17(09 މޭ 2022)ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައި ނުވާތީ އެއިލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

  •   މިކައުންސިލަށް 1.5 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ޕިކަޕް ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2022 ޖޫން 07 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާގަޑީގައެވެ.

 

  1. 2.       ބޭނުންވާ އުޅަނދުގެ މަޢުލޫމާތު

*      1 (އެކެއް) ޕިކަޕު

*       ޓަނޭޖް: 1.5   

*       ބްރޭޑް: ޓޮޔޮޓާ، ނިސާން، އިސުޒު، މިޓްސުބުސީ، މަޒްޑާ، ހިނޯ.

*       އުފެއްދި ތާރީޚް: 2017 ނުވަތަ 2017 އަށްވުރެ ފަސް

*       ޕަވަރގޭޓް

*        ކުލަ: ހުދު

*       އިންޖިން ކެޕޭސިޓީ: 3660 ސީސީ ނުވަތަ އެއަށްވުރެ މަތި

*       ހަކަތައިގެ ބާވަތް: ޑީސަލް

*       ޓްރާންސްމިޝަން ޓައިޕް: އޮޓޯގިއަރ

*      ހުންގާނު ޕޮޒިޝަން: ކަނާތްފަރާތު ހުންގާނު

*       ކޮންޑިޝަން: ރީކޮންޑިޝަންޑް

*      އޮރިޖިން: ޖަޕާން

*     އެއަރކޮންޑިޝަނަރ، ހީޓް ބްލޯވަރ، ކޮމް ސެޓް

*       ޑްރަމް ސައިޒް: 16

*       ރިއަރ ވީލް: ޑުއެލް

*       ފުރޮޅު: 7 ފުރޮޅު (ފަހަތްކޮޅުގައި 4 ފުރޮޅު، ކުރީކޮޅުގައި 2 ފުރޮޅު އަދި ރިޒާވް 1 ފުރޮޅު)

 

  1. 3.       އިތުރު މަޢުލޫމާތު

*       މި ޕްރޮޖެކްޓްގައި ސަޕްލައިކޮށްދޭ ޕިކަޕް، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްދިނުން.

*      ރަޖިސްޓްރޭޝަނާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ސަޕްލަޔަރ ދައްކައިދިނުން.

*       ޕިކަޕް މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލާއި ހަމައަށް ޑެލިވަރކުރުން.

 

  1. 4.       ބިޑް ރަޖިސްޓްރޭޝަން

2022 މެއި 31 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

 *   ވިޔަފާރީގެ ނަން

*        ވިޔަފާރި ރަޖިސްޓްރީ ނަންބަރު

*        ވެރިފަރާތުގެ ނަން

*        ވެރިފަރާތާއި ގުޅޭނެ ނަންބަރު

*        އީމެއިލް އެޑްރެސް

 

  1. 5.       އަގު ހުށަހަޅަންވީ ގޮތް:

*       އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

*       އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

*       ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

" ޕިކަޕް ގަތުން "

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

ރ. އުނގޫފާރު، ދިވެހިރާއްޖެ

  1. 6.       ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

*       ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

*       ވިޔަފާރީގެ ޕްރޮފައިލް

*       އަންދާސީ ހިސާބު ހުށަހަޅާ ފޯމް

*       މުއްދަތު ހުށަހަޅާ ފޯމް

*       3 މަސް ހަމަނުވާ ޓެކްސް ކުލިއަރެންސް ރިޕޯޓް

 

  1. 7.       ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

*       ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

-          އަގު %70

-          މުއްދަތު

-          ވޮރަންޓީ (ވޮރަންޓީ 1 އަހަރަށްވުރެ ކުރުނަމަ ޕޮއިންޓެއް ނުލިބޭނެއެވެ. 1 އަހަރާއި 2 އަހަރާއި ދެމެދުނަމަ، 5 ޕޮއިންޓް، 2 އަހަރު ނުވަތަ އެއަށްވުރެ އިތުރުނަމަ، 10 ޕޮއިންޓް)

-          ވޮރަންޓީގެ މުއްދަތުގައި މަރާމާތު ކުރެވޭނެ ނުވަތަ ދޭނެ ޚިދުމަތްތައް ވޮރަންޓީ ލިޔުމުގައި ހިމަނަންވާނެއެވެ.

-          ވެހިކަލްގެ ޢުމުރު (2022 ވަނަ އަހަރުނަމަ 10 ޕޮއިންޓް، 2021 ވަނަ އަހަރުނަމަ 9 ޕޮއިންޓް، 2020 ވަނަ އަހަރުނަމަ 8 ޕޮއިންޓް، 2019 ވަނަ އަހަރުނަމަ 7 ޕޮއިންޓް، 2018 ވަނަ އަހަރުނަމަ 6 ޕޮއިންޓް، 2017 ވަނަ އަހަރުނަމަ 5 ޕޮއިންޓް،

*       އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.

*       އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތެވެ.

*       އަންދާސީ ހިސާބު އިވެލުވޭޓްކުރުމުގައި އެންމެ ދިގު ވޮރަންޓީ މުއްދަތު، ވޮރަންޓީގެ ބެންޗްމާކުގެ ގޮތުގައި ބަލާނެއެވެ.

*       ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.

*        ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

8.       އިތުރު މަޢުލޫމާތު ސާފުކުރުން

*       މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 މެއި 31 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

 

*       ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

*        ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

*       މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 މޭ 2022
ހޯދާ