މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޙިޖާމާގެ ޚިދުމަތް ދިނުމުގެ ކޮމްޕިޓެންސީ ސްޓޭންޑަޑް

އިޢުލާން

 

ޙިޖާމާގެ ޚިދުމަތް ދޭންބޭނުންވާ ފަރާތްތައް މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް ނިންމާފައިވާކަން މިކައުންސިލުން ވާނީ 17 މާރޗް2019 ގައި(IUL)23-MAHC/23/2019/80  އިއުލާން ކޮށްފައެވެ. މިގޮތަށް ރަޖިސްޓްރޭޝަންދިނުމަށް ނިންމާފައިވަނީ މިކައުންސިލުން އެކުލަވާލާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑާއި އެއްގޮތަށް ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް މި އިއުލާނުގައި ދަންނަވާފައިވާނެއެވެ. ވީމާ، މި ކައުންސިލުގައި ރަޖިސްޓްރީކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ފުރިހަމަކުރައްވާފައިވާ ތަމްރީން ޕްރޮގްރާމަކާ ބެހޭ ތަފްސީލް މަޢުލޫމާތު ހުށަހެޅުއްވުމުން އެޕްރޮގްރާމްގެ ބައިތަކަށާއި ކޮމްޕިޓެންސީތަކަށް ބެލުމަށްފަހު މިކައުންސިލުން ހިޖާމާގެ ޚިދުމަތްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރޭޝަންއާއި ޕްރެކްޓިސްކުރުމުގެ ހުއްދަ ދޫކުރެވޭނެ ވާހަކަ އިއުލާން ކުރީމެވެ.

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން އެކުލަވާލާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑް މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓް www.health.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ. އަދި ރަޖިސްޓްރީވުމަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މިނިސްޓްރީ އޮފް ހެލްތްގެ ވާޗުއަލް ކައުންޓަރ https://counter.health.gov.mv/  މެދުވެރިކޮށް ލިބިވަޑައިގަންނަވާނެވާހަކަވެސް ދަންނަވަމެވެ.

23 މޭ 2022
ހޯދާ