ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލް ފަރުދުންގެ ވީޑިއޯ ހެދުމާއި ގުޅޭ

ލާމުއަތޮޅުގެ ރަށްރަށަށް ނިސްބަތްވާ ލާމަސީލް ފަރުދުންގެ މަސައްކަތްތައް އާންމުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި މިފަދަ ފަރާތްތަކުގެ މަސައްކަތް ދައްކުވައިދޭ ވީޑިއޯއެއް ހެދުމަށް ބޭނުންވެއްޖެއެވެ. މިފުރުސަތު  ހުޅުވާލެވިފައިވަނީ ލާމު އަތޮޅުގެ ކުލަބު ޖަމިއްޔާ ތަކަށެވެ. ވީޑިއޯގެ ދިގުމިނަކީ 5 މިނިޓާއި 8 މިނިޓް އެވެ. ވީޑިއޯގެ ސަބްޓައިޓަލް އިނގިރޭސި ބަހުން ފެންނަންވާނެއެވެ. ހަދާ ކޮންމެ ވީޑިއޯ އަކަށް 2000ރ (ދެހާސްރުފިޔާ) ގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ މިއަތޮޅުގެ ކުލަބް ޖަމްއިއްޔާތަކުން 2022 ޖޫން 09 ވަނަ ދުވަހުގެ 11:00 ގެ ކުރިން ވީޑިއޯ ހެދުމާއި ގުޅޭ ޕްރޮޕޯސަލް ތައްޔާރު ކުރައްވާ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް އާއި އެކު ޖަމްއިއްޔާގެ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓްހުށަހަޅަންވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6800713 އަށް ގުޅުއްވުން އެދެމެވެ.

23 މޭ 2022
ހޯދާ