ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
2023-2022 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

2023-2022 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

2023-2022 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

                  ޕްރީސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

ގްރޭޑް 1

2 އަހަރުގެ ޕްރީސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.

      ވީމާ، 2022 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "2022-2023 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު،  ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިސްކޫލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލްގެ އިދާރާއިން 2022 މެއި 23 ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.

                                    ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                                           22 ޝައްވާލް 1443

23 މޭ 2022
ހޯދާ