މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

މިރަށު އާމަގު އިރުމަތީކޮޅާއި އާނުދޮށުމަގާއި ދެމެދުގައި ބަންނަ ނަނު ދަމާ ފާހަގަ ކޮށްފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން އަދި މިރަށު އާމަގާއި އޮލިމަގާއި ދެމެދުގައި ރަތްދަވާދުން ތަރުތީބު ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިންވާނަމަ 26 މޭ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެބޭފުޅެއްގެ ރުއްގަހުގެ ނަންބަރު އާ ކުރެއްވުން އެދެމެވެ.    

އަދި މިމުއްދަތުގައި އިސްވެބުނެވުނު ރުއްގަހުގެ ނަންބަރު ނޭގޭނަމަ ކައުންސިލްގެ އުސޫލުތަކާއި އެއްގޮތަށް އެ ރުއްގަސް ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެމިކަން ޢާއްމުކޮށް އެންގީމެވެ.

23 މޭ 2022
ހޯދާ