ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ދެ ކޮޓަރީގެ ޕާޓިޝަން ޖަހާ ސީލިން އަޅާ، އަދި ވާރކް ސްޓޭޝަންގައި ރެޑީމޭޑް ޕާޓިޝަންޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

     ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަރުކަޒުގެ ދެ ކޮޓަރީގެ ޕާޓިޝަން ޖަހާ ސީލިން އަޅާ، އަދި ވާރކް ސްޓޭޝަންގައި ރެޑީމޭޑް ޕާޓިޝަންޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

     ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

31 މޭ 2022 (އާންގާރަ)

11:00

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް)

ބީލަން ހުށައެޅުން

08 ޖޫން 2022 (ބުދަ)

11:00

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު އިމާރާތް)

     މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340236 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

23 މޭ 2022
ހޯދާ