ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ރެކްރޫޓްމަންޓް އެގްޒެކެޓިވް

މަޤާމު:

ރެކްރޫޓްމަންޓް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

CSC-J-354716

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CSC4-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ

މުސާރަ:

މަހަކު -/8740 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ އެންމެހައި މަސައްކަތްތައް އިދާރާތަކުން ކުރާގޮތް މޮނިޓަރކޮށް، ގަވާއިދާއި އުޞޫލުތަކާ އެއްގޮތަށް އެމައްސަލަތައް ނިންމުން.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި، ސިވިލް ސަރވިސްގެ މަޤާމުތައް ރިޒާވްކުރުމާއި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޚިދުމަތުގެ މުއްދަތަށް ނުގުނާގޮތަށް ދެވޭ ޗުއްޓީގެ ރެކޯޑުތައް އަދާހަމަކުރުމަށް ހުށަހަޅާ މައްސަލަތަކާގުޅޭ އެންމެހައި މަސައްކަތްތައް އިދާރާތަކުން ކުރާގޮތް މޮނިޓަރކޮށް، ގަވާއިދާއި އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ މަސައްކަތްތައް އެޕްރޫވްކުރުން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި، ސިވިލް ސަރވިސްގެ މަގާމުތައް ރިޒާވްކުރުމާއި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޚިދުމަތުގެ މުއްދަތަށް ނުގުނާގޮތަށް ދެވޭ ޗުއްޓީގެ ރެކޯޑުތައް އަދާހަމަކުރުމަށް ހުށަހަޅާ މައްސަލަތަކާގުޅޭ އެންމެހައި މަސައްކަތްތައް އިދާރާތަކުން ކުރާގޮތް މޮނިޓަރކޮށް، ގަވާއިދާއި އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ މަސައްކަތްތައް، ގަވާއިދާއި އުޞޫލާ އެއްގޮތަށް ރަނގަޅުކުރުމަށް އިދާރާތަކަށް އެންގުން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާގުޅޭ މަސައްކަތްތައް ނިންމުމުގައި އިދާރާތަކުން އިހުމާލުވާ ކަންކަން ބަލައި، ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
  4. ސިވިލް ސަރވިސްގެ ވަޒީފާތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފާގެ މަތިން ނިންމަންޖެހޭ މައްސަލަތައް ކޮމިޝަނުގެ ނިންމެވުމާ އެއްގޮތަށް ނިންމުން.
  5. ސިވިލް ސަރވިސްގެ ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެގެން ސިވިލް ސަރވިސްގައި ނުހިމެނޭ މުވައްޒަފުންގެ ގޮތުގައި ކަނޑައެޅޭ މުވައްޒަފުންނަކީ ސިވިލް ސަރވިސްގައި ނުހިމެނޭ ބައެއްކަން އެންގުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްކުރުން.
  6. ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާއާބެހޭ މަސައްކަތްތަކާ ގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާތަކާއި މުވައްޒަފުންގެ މެދުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްއާ ގުޅިގެން ހިންގުމާއި، އެ ފަދަ ޕްރޮގްރާމްތައް ހިންގުމުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  7. ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާތަކާ ގުޅޭގޮތުން އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާ ސިޓީތަކަށް ޖަވާބުދިނުން.
  8. ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާތަކާ ގުޅޭގޮތުން އިދާރާތަކުން ކޮމިޝަނަށް ހުށަހަޅާ ޓިކެޓްތަކަށް ޖަވާބުދިނުން.
  9. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން ތަންފީޒުކުރުމަށް އަންގާ ކަންތައްތައް ތަންފީޒުކުރުމަށް ހަވާލުކުރެވިފައިވާ އިދާރާތަކަށް އެންގުމާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  10. "ސީއެސްވިއުގަ" ގެ މޮޑިއުލްތައް ޑިވެލޮޕްކޮށް ފުރިހަމަކުރުމަށް ސިސްޓަމްސް މެނޭޖްމަންޓަށާއި ޕޮލިސީ ސެކްޝަނަށް ބޭނުންވާ ފަންނީ ލަފާދިނުން.
  11. "ސީއެސްވިއުގަ" ގެ އެކްސެސް ދެވިފައިނުވާ އިދާރާތަކުން ނިންމާ ވަޒީފާގެ މައްސަލަތަކުގެ މައުލޫމާތު "ސީއެސްވިއުގަ" އަށް އަޕްޑޭޓްކުރުން.
  12. ޕަރމަނަންޓް ސެކްރެޓަރީންގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަންކުރުމާގުޅޭ އެންމެހައި މަސައްކަތްކުރުން.
  13. ޕަރމަނަންޓް ސެކްރެޓަރީން ވަޒީފާއިން ވަކިކުރުމާއި، ފިޔަވަޅުއެޅުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  14. ސިވިލް ސަރވިސްގެ އިދާރާތަކުގެ ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރުވެރިން (އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، ސިޓީ ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް، އަދި ވަކި އިދާރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިދާރާތަކުގެ ސިވިލް ސަރވިސްގެ އެންމެ އިސް މަގާމު) އަށް މީހުން އައްޔަން ކުރުމާ ގުޅޭގޮތުން ކުރަން ހަވާލުކުރާ އެންމެހައި މަސައްކަތްތައްކުރުން.
  15. ސިވިލް ސަރވިސްގެ އިދާރާތަކުގެ ޒިންމާދާރު އިސްވެރިން (އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، ސިޓީ ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލް، އަދި ވަކި އިދާރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިދާރާތަކުގެ ސިވިލް ސަރވިސްގެ އެންމެ އިސް މަގާމު) ވަޒީފާއިން ވަކިކުރުމާ ފިޔަވަޅުއެޅުމާ ގުޅޭގޮތުން ކުރަން ހަވާލު ކުރާ އެންމެހައި މަސައްކަތްތައްކުރުން.
  16. ސިވިލް ސަރވިސްގެ އިދާރާތަކުގެ ޕަރމަނަންޓް ސެކްރެޓަރީންގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓްގައި އަޕްޑޭޓްކޮށް ބެލެހެއްޓުމަށް ކަމާބެހޭ ފަރާތްތަކަށް އެ މައުލޫމާތު ފޮނުވުން.
  17. ސިވިލް ސަރވިސްގެ އިދާރާތަކުގެ ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރުވެރިންގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުގައި އަޕްޑޭޓްކޮށް ބެލެހެއްޓުމަށް ކަމާބެހޭ ފަރާތްތަކަށް އެ މައުލޫމާތު ފޮނުވުން.
  18. ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރު އިސްވެރިންގެ އަހަރީ ޗުއްޓީ އަދި ރަސްމީ ދަތުރުތަކާ ގުޅޭ ރެކޯޑު ބެލެހެއްޓުން
  19. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ އަހަރީ ޗުއްޓީ އަދި ރަސްމީ ދަތުރުތަކާ ގުޅޭ ރެކޯޑު ބެލެހެއްޓުން.
  20. ޕަރމަނަންޓް ސެކްރެޓެރީންގެ ޕަރސަނެލް ފައިލް ބެލެހެއްޓުން.
  21. ޕަރމަނަންޓް ސެކްރެޓެރީންގެ ހާޒިރީގެ މައުލޫމާތު ބެލެހެއްޓުން.
  22. ޕަރމަނަންޓް ސެކްރެޓަރީނަށް ކޮމިޝަނުން ފޮނުވަންޖެހޭ ސިޓީފަދަ ލިޔެކިޔުންތައް ފޮނުވުން.
  23. ހަވާލުކުރެވިފައިވާ ސިވިލް ސަރވިސްގެ އިދާރާތަކުން، އަމަލުކުރާނެ ގޮތުގެ ލަފައަކަށް އެދި ހުށަހަޅާ ވަޒީފާއާގުޅޭ މައްސަލަތަކުގެ މަޢުލޫމާތު ސާފުކުރުމަށް ފަހު، ސެކްޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި ފަރާތެއްގެ ލަފާ ހޯދަންޖެހޭ ޙާލަތުގައި ލަފާ ހޯދައި، ލަފާ ހޯދަންނުޖެހޭ ނަމަ ޢަމަލުކުރަމުން އަންނަ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އެ މައްސަލަތަކަށް ދޭންޖެހޭ ޖަވާބު ތައްޔާރުކޮށް ފޮނުވަން ޖެހޭ އިދާރާތަކަށް ފޮނުވުން. ސެކްޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި ސުޕަވައިޒަރު ސޮއިކުރަން ޖެހޭ ޖަވާބުތައް ތައްޔާރުކޮށް، ސޮއިކުރުވައި، އިދާރާތަކަށް ފޮނުވުން.
  24. ހަވާލުކުރެވިފައިވާ ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުން، އަމަލުކުރާނެ ގޮތުގެ ލަފައަކަށް އެދި ހުށަހަޅާ ވަޒީފާއާގުޅޭ މައްސަލަތަކުގެ މަޢުލޫމާތު ސާފުކުރުމަށް ފަހު، ސެކްޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި ފަރާތެއްގެ ލަފާ ހޯދަންޖެހޭ ޙާލަތުގައި ލަފާ ހޯދައި، ލަފާ ހޯދަންނުޖެހޭ ނަމަ ޢަމަލުކުރަމުން އަންނަ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އެ މައްސަލަތަކަށް ދޭންޖެހޭ ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން. ސެކްޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި ސުޕަވައިޒަރު ސޮއިކުރަން ޖެހޭ ޖަވާބުތައް ތައްޔާރުކޮށް ސޮއިކުރުވައި އިދާރާތަކަށް ފޮނުވުން
  25. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން ތަންފީޒުކުރުމަށް އަންގާ ކަންތައްތައް ތަންފީޒުކުރުމަށް ހަވާލުކުރެވިފައިވާ އިދާރާތަކަށް އެންގުމާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން
  26. ވަޒީފާއާގުޅޭ މައްސަލަތަކާ ގުޅިގެން ޢަމަލުކުރާނެ އުސޫލު ސާފުކޮށްދިނުމަށް އަންނަ މައްސަލަތަކަށް ޖަވާބު ދިނުމާއި، ވަޒީފާއާގުޅޭ މައްސަލަތަކާ ގުޅިގެން ޢަމަލުކުރާނެ އުސޫލު ސާފުކުރުމަށް ކޮމިޝަނަށް އަންނަ މީހުންނާ ބައްދަލުކޮށް އެ މީހަކު ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް ގަވާއިދާއި އުޞޫލުތަކާ އެއްގޮތަށް ސާފުކޮށްދިނުން
  27. ވަޒީފާގެ ރެކޯޑަށް ބަދަލުގެނައުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައްސަލަތައް ބަލައި، އެއާ ގުޅިގެން ވަޒީފާގެ ރެކޯޑުތަކަށް ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެނައުން
  28. ޚިދުމަތްކޮށްފައިވާ މުއްދަތާބެހޭ މައުލޫމާތު ހޯދުމަށް އެދޭ އިދާރާތަކުގެ މުވައްޒަފުންނަށް އެ މައުލޫމާތު ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން ދިނުން.
  29. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ޤާނޫނުގައިވާ ގޮތުގެމަތިން ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުން. އަދި މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ އިނާޔަތް ހަމަޖެއްސުމުގައި ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައްކޮށް ޕެންޝަން އޮފީހަށް އިނާޔަތުގެ މައުލޫމާތު ފޮނުވުން އަދި އެ ފަރާތްތަކަށް ތަހުނިޔާގެ ސިޓީ ފޮނުވުން
  30. މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެކުލަވާލާފައިވާ އުސޫލުގައި ސެކްޝަނާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުން
  31. ވަޒީފާގެ މައްސަލަތަކާ ގުޅޭގޮތުން ސަޕޯޓަށް އަންނަ މައްސަލަތައް ނިންމުން
  32. ހަވާލުކުރެވިފައި މަސައްކަތާ ގުޅިގެން އިދާރާތަކަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުން
  33. ރެކްރޫޓްމަންޓް މެނޭޖްމަންޓް ސެކްޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި، ކޮމިޝަނުގެ އިދާރާއިން ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  34. މަތީގައިވާ ކަންތައްތަކުގެ އިތުރުން ވެސް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ސުޕަވައިޒަރާއި ކޮމިޝަނަރުންނާއި ކޮމިޝަނުގެ ވެރިން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  35. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ހިޔުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން،

ނުވަތަ،

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރު ދުވަހު މަސައްކަތްކޮށް،  ހިޔުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މޭ 2022 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް،  ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 08 ޖޫން 2022 އާ 18 ޖޫން 2022 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307359/3307357 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

22 މޭ 2022
ހޯދާ