އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މެއިންޓެނެންސް އޮފިސަރ

މަޤާމު:

މެއިންޓެނެންސް އޮފިސަރ (ޖީ.އެސް 4)

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭތަން:

މެއިންޓެނެންސް އެންޑް ޕްރޮކިޔުމަންޓް ސެކްޝަން

ބޭސިކް މުސާރަ:

މަހަކު 5020.00 (ފަސްހާސް ވިހި) ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު 1500.00 (ފަނަރަސަތޭކަ) ރުފިޔާ (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޟިރުވާ ދުވަސްތަކަށެވެ.)

ލިވިންގ އެލަވަންސް:

މަހަކު 3000.00 (ތިންހާސް) ރުފިޔާ

ޙާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް 1 (އެކެއް) އަހަރުދުވަސް

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  1. ކަރަންޓު ވައިރުކުރުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ (ކަރަންޓު ވައިރުކުރުމުގެ) ދާއިރާގައި 6 (ހައެއް) މަސް ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ (ކަރަންޓު ވައިރުކުރުމުގެ)  ދާއިރާގައި 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ (ކަރަންޓު ވައިރުކުރުމުގެ) ދާއިރާގައި    2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  4. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  5. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.
  6. ޢުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  7. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  8. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

މަސްއޫލިއްޔަތު:

- ކޮމިޝަނުގެ އިދާރާގައި ކަރަންޓު ވައިރިންގަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ވޯކިން ސްޓޭޝަންތަކަށް ގެނެވޭ ބަދަލުތަކާއި ގުޅިގެން ކުރަންޖެހޭ ވައިރިންގެ އެންމެހާ މަސައްކަތްކުރުން.

- ސެކްޝަންހެޑްގެ ލަފާގެމަތިން ކޮމިޝަނުގެ އިދާރާގެ މަރާމާތުގެ (ކަރަންޓު ވައިރިންގ ފިޔަވައި) މަސައްކަތްތައް ބެލެހެއްޓުން.

- ސެކްޝަންގެ އިދާރީ މަސައްކަތްކުރުން.

- މަރާމާތާ ގުޅިގެން އެކި ފަރާތްތަކުން ހޯދަންޖެހޭ ކޯޓޭޝަންތައް ހޯދުން.

- ދާއިމީ އަދި ވަގުތީ މުވައްޒަފުންގެ ވޯރކް ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތްކުރުން.

- އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- މީގެ އިތުރުންވެސް މަރާމާތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ޖީ.ސީ.އީ އޭލެވެލް، ޖީ.ސީ.އީ އޯލެވެލް، އެސް.އެސް.ސީ، އަދި އެޗް.އެސް.އެސް.ސީ ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.)

- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ (މަސައްކަތް ކޮށްފައިވާ މުއްދަތު އެގޭގޮތަށް) އެތަނަކުން ދޫކޮށްފައިވާ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މަތީގައިވާ މަޤާމްތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތައް ނުލިބިއްޖެ ނަމަ، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތައް އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

16 ޛުލްޤަޢިދާ  1435

11 ސެޕްޓެންބަރު 2014
ހޯދާ