މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމު: އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު: 01

ވަޒީފާއޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : ޗައިލްޑް ޕްރޮޓެކްޝަން އަދި މެންޓަލް ހެލްތް ޔުނިޓް، އެޑިޔުކޭޝަނަލް ސުޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މި މިނިސްޓްރީން ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީ ހެލްތު ޕްރޮމޯޓިންގ ސްކޫލަކަށް ހެދުމަށް ކުރާ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ، ހުރިހާ ސްކޫލެއްގައި މެންޓަލް ހެލްތު ޕްރޮގުރާމް ތަޢާރަފް ކުރުމަށް އެކްޝަން ޕްލޭން ތައްޔާރުކޮށް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ރާވައި ހިންގުން.

- ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ބޭނުންވާ އައި.ސީ.ޓީ މެޓީރިއަލްސް ތައްޔާރުކޮށް ތަޢާރަފްކުރުމާއި މަޢުލޫމާތު ފެތުރުމުގެ ހަރަކާތްތައް ސްކޫލުތަކުގައި ރާވައި ހިންގުން.

- ޑިވިޝަނުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ސްކޫލްތަކުގައި މެންޓަލް ހެލްތުގެ ދާއިރާއިން  ބޭނުންވާ ޓީޗަރުންނާއި ސްކޫލް ހެލްތު އޮފިސަރުންނަށް އަދި ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީނު ދެވޭނެ އިންތިޒާމް ހަމަޖެއްސުން.

- ސްކޫލް، މަދުރަސާތަކުގައި މެންޓަލް މައްސަލަ ހުރި ކުދިން ފާހަގަކޮށް ހާލަތު ދިރާސަކޮށް ރިޕޯޓު ތައްޔާރުކޮށް ޑިވިޝަންގެ ވެރިންގެ ލަފައާއި އިރުޝާދު ހޯދުމާއި މެންޓަލް ހެލްތުގެ ދާއިރާއިން ކަމާގުޅޭ ދާއިރާތަކާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް ކަނޑައަޅައި، ޑިވިޝަންގެ ވެރިންނާ ހިއްސާކުރުން.

- ސެކްޝަނުން ތައްޔާރުކުރާ އަހަރު ރިޕޯޓުގައި ހިމެނުމަށް "ސްކޫލްގެ މެންޓަލް ހެލްތު" ހާލަތާއި ހަރަކާތްތަކުގެ މައުލޫމާތު ކޮންމެ އަހަރެއްގެ 31 އޮކްޓޫބަރުގެ ކުރިން ތައްޔާރުކޮށް ޑިވިޝަނުގެ ވެރިންގެ ލަފައާއި މަޝްވަރާ ހޯދައި، ޑިވިޝަނުގެ އެޑްމިން ސެކެއްޓެރީއާއި ހަވާކުރުން

- ޑިވިޝަނުން ސްކޫލްތަކަށް ކުރާ ދަތުރު ތަކުގައި ބައިވެރިވެ ސްކޫލްތަކުގައި" މެންޓަލް ހެލްތު ޕްރޮގުރާމުތައް ކުރިއަށްދާގޮތް ސުޕަވައިޒުކޮށް ޑިވިޝަނުގެ ވެރިންނަށް ހުށަހެޅުން

- ސްކޫލް، މަދުރަސާތަކުގެ "ހެލްތު ޕްރޮމޯޓިން ސްކޫލް" އިނިޝިއޭޓިވްގެ ހާލަތު އެނގޭނެ ރިޕޯޓެއް ނުވަތަ ޑޭޓާބޭސްއެއް ތައްޔާރުކޮށް ފަސޭހައިން ބެލޭނެ އިންތިޒާމް ހަމަޖައްސުން

- ޑިވިޝަނުން ބޭނުންވެއްޖެ ހިނދެއްގައި ޑިވިޝަނުން ހިންގާ ރަސްމީ ޕްރޮގުރާމުތަކުގައި އެހީތެރިވެދިނުން.

 

ޝަރުޠު: 

މަޤާމު

 

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

MS3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

7035

3500

MS4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

7875

EX1

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

8835

EX2

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

9890

EX3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

11065

EX4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

12400

EX5

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

13890

EX6

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

15560

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

 

އިންޓަވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 24 ސެޕްޓެންބަރު – 02 އޮކްޓޫބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް www.moe.gov.mv އިން ލިބިވަޑައިނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

 

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ. 

15 ސެޕްޓެންބަރު 2014
ހޯދާ