މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އަތޮޅު ރައްޔިތުންގެ ގޯތީގައި އިމާރާތެއް ހެދުމަށް ބޭނުންވާ ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

ބ. އަތޮޅު ރައްޔިތުންގެ ގޯތީގައި އިމާރާތެއް ހެދުމަށް ބޭނުންވާ ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

                  ބ. އަތޮޅު ރައްޔިތުންގެ ނަމުގައި އޭދަފުށިން ލިބިފައިވާ ގޯތީގައި އިމާރާތެއް ހެދުމަށް ބޭނުންވާ ކުރެހުން ތައްޔާރުކޮށް، ކުރެހުމާއިގުޅޭ ބީ.އޯ.ކިޔޫ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

                  ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 މެއި 2022 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން މިއިދާރާގެ އީ.މެއިލް: [email protected] އަށް އީ. މެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 06 ޖޫން  2022 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

1-      މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ އަދި އަމަލީ މަސައްކަތްކުރާ މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށެވެ.

2-      މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3-  ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް [email protected]   އީ-މެއިލް ފޮނުއްވަންވާނެއެވެ.

4-      މި ޕްރޮޖެކްޓުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 29މެއި 2022 ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން، [email protected]   އީ-މެއިލް ކުރައްވަންވާނެއެވެ.

5-      ބީލަން ހުޅުވުން އޮންނާނީ  06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

18 ޝައްވާލް  1443

19  މެއި    2022  

19 މޭ 2022
ހޯދާ