މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ރަޖިސްޓްރީކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު

ތަޢާރުފާއި ނަން

  1.  

 

(ހ)

މި އުސޫލު އެކުލަވާލީ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯއްޗާއި ، ސަރުޢީގޮތުން ބައިކޮށް ލިބިދެވޭ ބަންޑާރަ ގޯއްޗަކުން ބަޔެއް ރަޖިސްޓްރީކުރަން އެދި ހުށަހަޅާ މަސްއަލަތަށް އަވަސްކަމާއެކު އެއް އުސޫލަކުން ނިންމާ ދިނުމަށާއި އަދި ކަމާއި ބެހޭ އާންމު އުސޫލެއް އެކުލަވާލައި އާންމުކުރުމުން ކަންކުރަންވީގޮތް ލިޔުމުން ފެންނަ ގޮތް ހެދުމަށާއި ، ލިޔުމާއި އެއްގޮތަށް ކަންކުރުމަށް ރަށުގެ ރައްޔިތުންނަށާއި ކަމާއި ގުޅޭ އިދާރީ މަސައްކަތްކުރައްވާ މުވައްޒަފުންނަށް ފަސޭހަކުރުމަށްޓަކައެވެ. 

 

 

 

(ށ)

މި އުސޫލަށް ކިޔާނީ، " ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ރަޖިސްޓްރީކުރުމަށް ހުށަހަޅާ މަސްއަލަތަކުގައި ޢަމަލުކުރާނެ އުސޫލު" އެވެ.

 

 

 

(ނ)

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ރަޖިސްޓްރީކުރުމަށް ހުށަހެޅުން

  1.  

2.1

 

ޝަރުޢީގޮތުން ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯއްޗާއި ނުވަތަ ބަންޑާރަ ގޯތި ބައިކޮށްގެން ޝަރުޢީގޮތުން ލިބޭ ބައި ރަޖިސްޓްރީކުރަން ހުށަހަޅުއްވަވާނީ ތިރީގައިވާ ގޮތުގެ މަތީން ތިރީގައި ބުނެފައިވާ ތަކެއްޗާއި އެކުގައެވެ.

 

 

 

(ހ)

ޝަރުޢީ ހުކުމްގެ ކޮޕީ

 

 

 

(ށ)

ބައިކުރެވޭ ބަޔަށް ކިޔުމަށްޓަކައި ގޯތި ގޯއްޗަށް ނަންކިޔުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އުސޫލުތަކަށް ފެތޭ ނަމެއް

 

 

ރަޖިސްޓްރީ ހަދާ ދިނުމުގެ ކުރިން އިދާރާއިން ކުރަންޖެހޭ ކަންކަން

  1.  

3.1

 

ޝަރުޢީ ހުކުމަކާއި އެއްގޮތަށް ގޯތި ބައިކޮށްދީ ކަންމުޑި ޖަހާދިނުމާއި އެކު އިންވަކިކުރާ ފާރު ރާނަށް ތަނުގެ ވެރިފަރާތަށް އަންގަންވާނެއެވެ.

 

 

3.2

 

އިންފާރު ރޭނުމުގެ ކުރިން އިންފާރު ރޭނުމަށް ކޮނެފައިވާ ކޯރު ޗެކުކުރުމާއި ، މިންހަމަވޭތޯ ބެލުމަށްފަހު މިންހަމަވާނަމަ އިންފާރު ރޭނުމުގެ ހުއްދަ ދޭންވާނެއެވެ.

 

 

3.3

 

ބައިކުރެވުނު ބަންޑާރަ ގޯއްޗަކީ ވަކިވަކި ބައިތަކަކަށް ބައިކުރެވިފައިވާ ގޯއްޗެއް ނަމަ ޝަރުޢީގޮތުން ބައިކުރެވިފައިވާ ކޮންމެ ބަޔަކަށް ވަދެ ނިކުތުމަށްޓަކައި މަގަށް ދޮރު (ދޮރުއަށި) ކަނޑާ ނަންބޯޑު ހަރުކުރަން އަންގަންވާނެއެވެ. އަދި ނަންބޯޑު ހަރުކޮށްފައި ހުރިތޯ ބަލަންވާނެއެވެ.

 

 

3.4

 

ބައިކުރެވުނު ބަންޑާރަ ގޯއްޗަކީ ވަކިވަކި ބައިތަކަކަށް ބައިކުރެވިފައިވާ ގޯއްޗެއް ނަމަ ޝަރުޢީގޮތުން ބައިކުރެވިފައިވާ ބައިތަކަށް ވަދެ ނުކުތުމަށްޓަކައި މަގެއް ނުވަތަ ގޯޅިއެއް ކަނޑަންޖެހޭނަމަ ރަޖިސްޓްރީ ހަދައި ދޫކުރަންވާނީ މަގު،ގޯޅި، ކެނޑުމަށްފަހުގައެވެ.

 

 

3.5

 

ބައިކުރެވޭ ބަންޑާރަ ގޯއްޗަކީ 2 ބަޔަށް ބައިކުރެވޭ ގޯއްޗަކަށްވެފައި ، ބައިކުރެވުނު ގޯތީގެ ރަޖިސްޓްރީ ހެދުމުގެ ކުރިން ވެރިފަރާތްތަކުގެ ތެރެއިން ފަރާތެއް ނިޔާވެފައި ، އެ ގޯއްޗަކީ ކޯޓަށް ހުށަހަޅައިގެން އެ ތަނުން އެއް ފަރާތަކަށް ތަރިކައިން ލިބޭނެ ބިމެއްކަމުގައި ކަށަވަރުވާނަމަ ޝަރުޢީ ކޯޓުގެ ހުކުމުގެ ކޮޕީއާއި އެއްގޮތަށް 2 ރަޖިސްޓްރީ ހަދައި ދޫކުރަންވާނެއެވެ. މިފަދަ ހާލަތުގައި މި މާއްދާގެ 3.1،3.2،3.3،3.4 އަމަލުކުރާކަށް ނުޖެހޭނެއެވެ.

ރަޖިސްޓްރީ ހެއްދުމަށް ނަގާ ފީ އާއި ޖޫރިމަނާ

4

4.1

 

ޝަރުޢީ ކޯޓުގެ ގަޟިއްޔާއަކުން ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެން ރަޖިސްޓްރީ ހައްދަންޖެހޭ ފަރާތްތަކުން މި އުސޫލަށް ޢަމަލުކުރަން ފެށުމާއި އެކު 6 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހެއްދުމަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.

ހުށަހަޅުއްވަންވާނީ މި އުސޫލުގެ 2.1 ގެ (ހ) އަދި (ށ) ގައިވާ ތަކެއްޗާއި އެކުގައެވެ. މި ދެވުނު 6 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހެއްދުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީ ހަދައި ދޫކުރާނީ އެއްވެސް ފީއެއް ނެގުމަކާ ނުލައެވެ.

 

 

4.2

 

4.1 ވަނަ މާއްދާއިން ދެވުނު 6 މަސްދުވަސް ހަމަވުމަށްފަހު ( 19 ނޮވެމްބަރު 2022 )  ކުރީގެ ގަޟިއްޔާ އަކާއި ގުޅިގެން ރަޖިސްޓްރީ ހައްދާ ދޫކުރެވޭނީ ޖޫރިމަނާގެ ގޮތުގައި 500ރ ( ފަސްސަތޭކަ ރުފިޔާ ) ނެގުމަށްފަހުގައެވެ.

 

 

4.3

 

4.1 ވަނަ މާއްދާއިން ދެވުނު 6 މަސްދުވަހުގެ ( 19 ނޮވެމްބަރު 2022 )  ފަހުން ، ކޯޓުގެ ގަޟިއްޔާއަކުން ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެންވެސް ރަޖިސްޓްރީ ހަދައި ދޫކުރުމަށް އިދާރީ ފީގެ ގޮތުގައި -/75ރ ( ހަތްދިހަ ފަސްރުފިޔާ ) ނެގޭނެއެވެ. މި ގޮތަށް ފައިސާ ނެގޭނީ ގަޟިއްޔާ ނިންމި ތާރީޙުން ފެށިގެން ރަޖިސްޓްރީ ހެއްދުމަށް 3 މަސްދުވަހުގެ ތެރޭގައި އެދޭ ފަރާތްތަކުގެ އަތުންނެވެ.

 ކޯޓުގެ ގަޟިއްޔާ ނިންމާތާ 3 މަސްދުވަސް ( ބަންދު ދުވަސްތަށްވެސް ހިމަނައިގެން ) ތެރޭގައި ރަޖިސްޓްރީ ހައްދަން ހުށަނާޅާ ، އޭގެ ފަހުން ރަޖިސްޓްރީ ހައްދަން ހުށަހަޅައިފިނަމަ ރަޖިސްޓްރީ ހައްދާ ދޫކުރެވޭނީ -/250 ( ދުއިސައްތަ ފަންސާސް ރުފިޔާގެ ) ޖޫރިމަނާއެއް ނެގުމަށްފަހުގައެވެ.

 

 

4.4

 

ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެން މި އިދާރާއިން ހަދާ ދޫކޮށްފައިވާ ރަޖިސްޓްރީ އެއް ބާވެގެން އާކުރާނަމަ ނުވަތަ ވެރި ފަރާތް ބަދަލުވެގެން ހައްދާނަމަ އާކޮށްދެވޭނީ އިދާރީ ފީއެއްގެ ގޮތުން -/75 ( ހަތްދިހަ ފަސްރުފިޔާ ) ނެގުމަށްފަހުގައެވެ.  

 

 

4.5

 

ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެން މި އިދާރާއިން ހަދާ ދޫކޮށްފައިވާ ރަޖިސްޓްރީ އެއް ގެއްލިގެން ހައްދާނަމަ ހައްދާދެވޭނީ އިދާރީ ފީއެއްގެ ގޮތުން -/250 ( ދުއިސައްތަ ފަންސާސް ) ރުފިޔާ ނެގުމަށްފަހުގައެވެ. 

19 މޭ 2022
ހޯދާ