އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރެކްޓިސް މެޗުތައް ކުޅުމަށް ކުޅިވަރު އެކުވެނީ ފުޓްސަލް ދަނޑު ކުއްޔަށް ދޫކުރުން

            01 ޖުލައި 2022 ދުވަހު މިރަށުގެ ޒުވާނުންނަށް އަމާޒްކޮށްގެން ބޭއްވޭ ފުޓްސަލް މުބާރާތެއް ފެށުމަށް ހަމަޖެހިފައިވާތީ އަދި މިނިވަންދުވަސް ކުރިއަށް އޮތުމާއެކު، އެ މުބާރާތަށް ޓީމްތައް ތައްޔާރު ވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، މިރަށުގެ ޓީމްތަކުގެ މެދުގައި އަދި މިރަށުގެ ޓީމް ތަކާއި ރަށުން ބޭރު ޓީމްތަކުގެ މެދުގައި މެޗުތައް ކުޅުމަށް 19 މެއި 2022 އިން 30 ޖޫން 2022 ދުވަހުގެ ނިޔަލަށް ކޮންމެ ރެއަކު 20:00 އިން 21:00 އަށް ކުޅިވަރު އެކުވެނީ ފުޓްސަލް ދަނޑު ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

           ވީމާ މެޗުތައް ކުޅުމަށް ކުޅިވަރު އެކުވެނީ ފުޓްސަލް ދަނޑު ކުއްޔަށް ހިފަން އެދިލައްވާ ޓީމްތަކުން، ދަނޑު ކުއްޔަށް ހިފުމަށްއެދޭ ފޯމް ދަނޑުގެ ކުއްޔާއެކު، ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުމުން، ދަނޑު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ވާކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

19 މޭ 2022
ހޯދާ