ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު - ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މަޤާމް :މަސައްކަތު - ފެކަލްޓި އޮފް ހެލްތް ސައިންސަސް
ބޭނުންވާ އަދަދު :1

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1

އޮފީސް:

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

ގްރޭޑް:

01

ސްޕައިން ޕޮއިންޓް:

01

މުސާރަ:

މަހަކު 3,549.22 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,521.09 ރުފިޔާ

މިނިމަމްވޭޖް އެލަވަންސް:

މަހަކު 2،179.00 ރުފިޔާ

ޢިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

އަސާސީ ފެންވަރު

މަޤާމުގެ މަސްޢޫލިއްޔަތު:

  1. އެތަނެއްގެ އިމާރާތުގެ ގޯތިތެރެއާއި، މަގުމައްޗަށް ނިސްބަތް ކުރެވޭ ސަރަހައްދުގައި ވިނަފަޅާ، ހަޑިވިޔަނުދީ ކަނޑައެޅޭ އުސޫލުން ސާފުކުރުން.
  2. ކިޔަވައި ދިނުމަށް ބޭނުންކުރާ ތަންތަނާއި، މުވައްޒަފުން މަސައްކަތްކުރާ ޖަގަހަތައް ފަދަ އިމާރާތުގައި ހިމެނޭ އެންމެހައި ތަންތަން ސާފުތާހިރުކުރުމަށް ކަނޑައަޅާފައިވާ އުސޫލުން ސާފުކުރުން.
  3. އިމާރާތުގައި ހަރުކޮށްފައިވާ ފަންކާއާއި، އެހެނިހެން ވަޞީލަތްތައް އަދި ކުޑަދޮރުތަކުގެ އަދި އެހެނިހެން ބިއްލޫރި އަދި ފަރުނީޗަރ ފަދަ ތަކެތި ކަނޑައެޅޭ އުޞޫލުން ސިއްޙީ ގޮތުން އެކަށީގެންވާ މިންވަރަށް ސާފުކުރުން.
  4. ކުނިއެޅުމަށް ބަހައްޓާ ވަށިގަނޑުތަކުގައި ހުންނަ ކުނި ދުވަހީ ގޮތެއްގައި ހަމަޖެހިފައިވާ އުޞޫލުން އުކާލުން.
  5. ފާޚާނާތަށް ސާފުކޮށް ދޮވުން އަދި މިކަމަށް ބޭނުންކުރަންޖެހޭ ސާމާނު ބޭނުންކޮށްގެން ސިއްޙީގޮތުން ރައްކައުތެރިތަނަކަށް ހެދުން.
  6. ސާފުކޮށް ބަލަހައްޓަން ޙަވާލުކޮށްފައިވާ ތަންތަނުގެ ތެރެއިން މޮޕްލައިގެން ސާފުކުރަންޖެހޭ ތަންތަނުގައި ހަފުތާއަކު ތިން ފަހަރު މޮޕްލައި ސާފުކުރުން.
  7. ސާފުކޮށް ބަލަހައްޓަން ޙަވާލުކޮށްފައިވާ ތަނެއްގައި ހަލާކުވެ ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް އެއްޗެއް ހުރިނަމަ ނުވަތަ ތަން ހަލާކުވެފައި ހުރި ނަމަ، އެކަން ކަމާބެހޭ މުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން އަދި ނޯޓްކުރަންޖެހޭ ފޮތެއްގައި / ކަނޑައެޅިފައިވާ ގޮތަކަށް ނޯޓްކުރުން.
  8. ސައިކޮޓަރި ތެރެއާއި، މޭޒާއި، ގޮނޑިއާއި، ސިންކާއި، ކަބަޑު ފަދަ ތަންތަން ސާފުކޮށް ރީތިކުރުން.
  9. ފާޚާނާތަކުގައި ހުންނަންޖެހޭ ޓިޝޫއާއި ސައިބޯނި ފަދަ ތަކެތި ހަމަޔަށް ހުރޭތޯ ކަށަވަރުކޮށް، ހުންނަންޖެހޭ އެއްޗެއް ނެތްނަމަ އެ އެއްޗެއް ހަމަކުރުން.
  10. ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ އާންމުކޮށް މީހުން ނުވަންނަ ތަންތަން ހަފުތާއަކު އެއްފަހަރު ސާފުކުރުން.
  11. ކްލާސްތައް ބޭއްވުމަށާއި، އިމްތިޙާންތައް ބޭއްވުމަށާއި، ސެމިނަރ ފަދަ ކަންކަން ބޭއްވުމަށް ބޭނުންވާ ތަންތަން ތައްޔާރުކުރުން.
  12. އެތަނަކުން ބާއްވާ ހާއްސަ ރަސްމިއްޔާތުތަކަށް ތަންތަން ތައްޔާރުކުރުމާއި، ޒީނަތްތެރިކުރުމުގައި ބައިވެރިވުން.
  13. ފޮޅާ ސާފުކުރުމަށް އެމުވައްޒަފަކައި ހަވާލުކުރެވޭ ސާމާނު ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓުމާއި އެއެއްޗެތީގެ ރައްކައުތެރިކަން ކަށަވަރުކުރުން.
  14. ޔުނިވަރސިޓީގެ މަސައްކަތަކާއި ގުޅިގެން އެހީތެރިކަމަށް އެދެފިނަމަ އެކަމެއްގައި އެއްބާރުލުން ދިނުން.
  15. އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއި އެކު މަސައްކަތްކުރުން.
  16. މަސްލަހަތު ގެއްލޭފަދަ ކަންކަމުން ދުރުހެލިވެ، އެކުވެރިމާހައުލެއް ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  17. މިނޫންވެސް އެތަނަކުން ޙަވާލުކުރާ މަޤާމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 މެއި 25 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ނުވަތަ ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-123

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާގައި އުޅެފައިވާކަމުގެ ލިޔުން
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 03 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަންބަރު ފޯނަށެވެ.
19 މޭ 2022
ހޯދާ