ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ލެޑް ސްޓްރީޓް ލައިޓް އާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

  1. ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ލެޑް ސްޓްރީޓް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 2. ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް

-  *100ލެޑް ސްޓްރީޓް ލައިޓް

Input Voltage: AC220-300V

(Minimum Criteria) Power : 150W

(Minimum Criteria) CRI:>75: IP66

CCT:2700-3500K

 3. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 18 މެއި 2022 އިން 25 މެއި 2022 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

4. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  ގެޒެޓުގައި އިޢުލާން ކުރެވިފައިވާނެއެވެ.

 5. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 26 މެއި  2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 26 މެއި  2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 6. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 29 މެއި  2022 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

 

         17 ޝައްވާލް 1443

         18 މެއި 2022

18 މޭ 2022
ހޯދާ