މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގައި ބޭނުންކުރަމުންދާ ކޮމްޕެކްޓަރ ގެ މައުންޓްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީގެ ފަރާތުން ކުރިޔައް ގެންދާ ގދ.ފަރެސްމާތޮޑާ ޕާރކު ހެދުމުގެ މަސައްކަތުގައި ބޭނުންކުރާ އަމަން ARX45 ކޮމްޕެކްޓަރ ގެ މައުންޓްތައް ހަލާކުވެފައިވާތީ ބަދަލުކުރުމަށް ބޭނުންވާ ކޮމްޕެކްޓަރ މައުންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 24 މެއި 2022ވާ އަންގާރަ ދުވަހުގެ މެންދުރު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

 

އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 29 މެއި 2022 ވާ އާދީއްތަ ދުވަހުގެ ހެދުނު 10:00ގެ ކުރިން [email protected]އަށް އީމެއިލް ކޮށްދެއްވުންއެދެމެވެ.

 

ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 30 މެއި 2022ވާ ހޯމަ ދުވަހުގެ މެނދުރު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

18 މޭ 2022
ހޯދާ