މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އުގޫފާރު ކައުންސިލްގެ އިދާރާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ރ. އުގޫފާރު ކައުންސިލްގެ އިދާރާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

ސުރުހީގައި ދެންނެވިފައިވާ އުނގޫފާރު ކައުންސިލް އިދާރާގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 25 މެއި 2022 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާ އަށެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީވެސް ރ. އުނގޫފާރު ކައުންސިލް އިދާރާގައި 01 ޖޫން 2022 ވާ ބުދަ  ދުވަހުގެ 13:00 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަދަންނަވަމެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އެބޭފުޅަކު މަޢުލޫމާތު ސާފްކުރަންވަން ވަޑައިގެންނެވީ ކޮންތަނެއް ތަމްސީލްކުރައްވަންކަން އެގިވަޑައިގަންނަވާނެ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ނުވަތަ ކޮންނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތްތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރ. އުނގޫފާރު ކައުންސިލް އިދާރާ މަރަމާތުކުރުން " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

18 މޭ 2022
ހޯދާ