ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ބާއްވާ ބޯހިމެނުމުގެ މަސައްކަތަށް ގޭގޭގައި ނަންބޯޑު ހަރުކުރުމާއި ބެހޭ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކުރިއަށްގެންދާ ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަސައްކަތް 17 ސެޕްޓެމްބަރު 2022 ވަނަދުވަހުންފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، ރަށުގައި ހުރި ހުރިހާ ގެއެއްގައި 08 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ނަންބޯޑު ހަރުކުރަންޖެހެއެވެ.

ވީމާ، މިހާރު ނަންބޯޑު ހަރުކޮށްފައިނުވާ ގޭގޭގައި މަތީގައި ދެންނެވުނު ތާރީޚްގެ ނިޔަލަށް ނަންބޯޑު ހަރުކުރުމަށް ދަންނަވަމެވެ.  އަދި ގޭގެ ނަންބޯޑު ހަރުކުރާއިރު ނަން ފަސޭހައިން ކިޔަން އެނގޭނެގޮތަށް ޖެހުމަށް ސަމާލުކަންދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18 މޭ 2022
ހޯދާ