އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ކްލިނިކަލް ސައިކޮލޮޖީ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުން

ކްލިނިކަލް ސައިކޮލޮޖީ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރުގައި ކްލިނިކަލް ސައިކޮލޮޖީގެ ހިދުމަތް ދިނުމަށް ކޮންސަލްޓެންޓެއް ބޭނުންވެއެވެ. އެހެންކަމުން މި މަސައްކަތް ކުރެއްވުމަށް މޯލްޑިވްސް އެލައިޑް ކައުންސިލްގައި ކްލިނިކަލް ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މިދާއިރާއިން ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ފަރާތުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަން އަށް ބެލުމަށްފަހު 45000.00 ރ.  އާއި 50000.00 ރ. ދެމެދުގެ އަދަދެއް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  2. ގާބިލްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އިން

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިއުލާނާއި އެކު  ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން 25 މޭ 2022 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕ، މުއްދަތު ހަމަނުވާ ލައިސަންސް، ރެޖިސްޓްރޭޝަން އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި ހޮސްޕިޓަލުގެ ހިއުމަން ރިސޯސް ސެކްޝަނަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ [email protected]  އީމެއިލްއަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 6885045 ފޯނަށް ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

18 މޭ 2022
ހޯދާ