މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެވަޅު ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކޮމިޓީ އެކުލަވާލުން

ދިރިއުޅުމުގެ ބޭނުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓުން އެކުލަވާލާފައިވާ "ގޯތި ދޫކުރުމުގެ ގައިޑްލައިން" ގައިވާ ގޮތަށް ގޯތި ދޫކުރުމުގެ ކަންތައް ބެލެހެއްޓުމަށް ކޮމިޓީއެއް އެކުލަވާލަން ބޭނުންވެއެވެ.

މި ކޮމިޓިގައި ބައިވެރިވުމަށް ޝައުގުވެރިވެ ލައްވާ ބޭފުޅުން 2022 މޭ 26 ވާ ބުރާސްފަތި ދުވަހުގެ ކުރިން ތިރީގައި ދެންނެވިފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމުގެ ފުރުޞަތު ހުޅުވާލީމެވެ.

ލިންކް: https://forms.gle/3ivuFVbnzGfvcmea9

ވީމާ، މިކަން އާއްމުކޮށް އަންގައި އިއުލާންކުރީމެވެ.

16 ޝައްވާލް 1443ހ.

17 މޭ 2022މ.

 

ޢަލީ ޝަމީމް މުޙައްމަދު

ކައުންސިލްގެ ރައީސް

 

 

 

 

 

 

 

 

 

17 މޭ 2022
ހޯދާ