ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ  

މި އިދާރައިގެ ބެލެމުގެ ދަށުގައިވާ ވ.ފުލިދޫ  ކުނިކޮށި 01 ޖޫން 2022 ވަނަ ދުވަހުން ފެށިގެން  31 ޑިސެމްބަރ 2022 ވަނަ ދުވަހުގެ ނިޔަލަށް ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދޭން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1-      ކުނިކޮށި ބެލެހެއްޓުމާއި ގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ 2022 މެއި 22 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއިގެ ޖަލްސާކުރާ މާލަމުގައެވެ.

2-      މަޢުލޫމާތު ކަރުދާސް ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއިން ރަސްމީ ގަޑީގައި ލިބިވަޑައިގަންނަވާނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

3-      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 މެއި 25 ވާ ބުދަ ދުވަހުގެ 13:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އިދާރާއިގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު

  • މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބުގައި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ނަން، އެޑްރެސް،ގުޅޭނެ ފޯނު ނަންބަރު) އަދި މަސައްކަތުގެ ޖުމްލަ އަގު އެނގެން އޮންނަންވާނެއެވެ.  ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
  • ބިޑްތަށް އިވެލުއޭޓްކުރުމުގައި މާރކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

އިންސައްތަ

ތަފުޞީލް

%80

ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑައަގު ބެންޗްމާރކްކަމުގައި ބަލައިގެން)

%20

މަސައްކަތުގެ މުއްދަތު

 

އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ- އަންދާސީ ހިސާބު

ށ- ވިޔަފާރިއެއް ނަމަ ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ. އަމިއްލަ ފަރާތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ

   ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

   ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަމްބަރު އަދި ބީލަންހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.           

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 މޭ 2022
ހޯދާ