ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭގައި ނަންބޯޑު ހަރުކުރުމާއި ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މިއަހަރުގެ މަސައްކަތް 2022 ސެޕްޓެމްބަރު 17 ވަނަދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީވެ، ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ ރަށުގައި ހުރި އެންމެހާ ގެއެއްގައި އޮގަސްޓް 2022 ގެ ނިޔަލަށް ނަންބޯޑު ހަރުކުރަންޖެހެއެވެ.

ވީމާ، މިހާރު ރަށުގައި ނަންބޯޑު ހަރުކޮށްފައިނުވާ ގޭގޭގައި މަތީގައި ދެންނެވުނު ތާރީޙުގެ ނިޔަލަށް ނަންބޯޑު ހަރުކުރުމަށް ދަންނަވަމެވެ.  އަދި ގޭގެ ނަންބޯޑު ހަރުކުރާއިރު ގެ ރަޖިސްޓްރީ ކުރެވިފައިވާ ނަން ފަސޭހައިން ކިޔަން އެނގޭނެގޮތަށް ޖެހުމަށް ސަމާލުކަންދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

                16 ޝައްވާލް 1443

                17   މެއި  2022

 

 

                                                     އިސްމާޢީލް އިބްރާހީމް

                                                   ތިމަރަފުށީ ކައުންސިލްގެ ރައީސް

17 މޭ 2022
ހޯދާ