ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ތިމަރަފުށީގައި ދުއްވާ އެއްގަމާއި ކަނޑުއުޅަނދުފަހަރުގެ ދަފްތަރު އަދާހަމަކުރުމާއި ގުޅޭ

އިޢުލާން

ތ.ތިމަރަފުށީގައި ދުއްވާ އެއްގަމާއި ކަނޑުއުޅަނދުފަހަރުގެ ދަފްތަރު އަދާހަމަކުރުމާއި ބެހޭ

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހާއި ގުޅިގެން ކައުންސިލްތަކަށް  ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީ ފީ، އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީ، ތިމަރަފުށީގައި ދުއްވާ އެންމެހައި އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އަދާހަމަކުރުމަށް ބޭނުންވެއެވެ.

ވީމާ، މި ރަށުގައި ދުއްވާ އެންމެހައި އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ވެރި ފަރާތްތަކުގެ ތެރެއިން، މިހާތަނަށް މި އިދާރާއަށް މައުލޫމާތު ހުށަހަޅާފައިނުވާ ފަރާތްތަކުން 2022 މެއި 22 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އެއްގަމާއި ކަނޑު އުޅަނދުގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް މައުލޫމާތު ހުށަހެޅުއްވުން އެދެމެވެ. ދަފްތަރުގައި ރަޖިސްޓްރީކުރުމަށް މި އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލްގެ ޒަރީއާއިން [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ހުށަހެޅުއްވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

                15 ޝައްވާލް 1443

                16   މެއި  2022

 

                                                      އިސްމާޢީލް އިބްރާހީމް

                                                     ތިމަރަފުށީ ކައުންސިލްގެ ރައީސް

17 މޭ 2022
ހޯދާ