ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ބަނދަރު ބޮޑުނިކަގަހުގެ ދެކުނު ފަރާތުގައި ޤާއިމުކޮށްފައިވާ ހަޓް ނީލަން ކިޔުމާއިގުޅޭ

ނީލަން ކިޔުމާއި ގުޅޭ

 

                    ކުޑަކުދިންގެ ޕާކްއެޅުމަށް ބިންހުސްކުރުމަށްޓަކައި ހޯރަފުށީ ބަނދަރު ބޮޑުނިކަގަހުގެ ދެކުނު ފަރާތުގައި ޤާއިމުކޮށްފައިވާ ހަޓާއި ހަޓްކައިރީހުރި އެންޓަނާ ނަގާސާފުކުރުމަށް ދީފައިވާ މުއްދަތު ހަމަވިއިރުވެސް އެތަންހުސްކޮށް ބިންސާފްކޮށްފައި ނުވާތީ، ރަށުކައުންސިލުން ހަޓް ދުވަހު ނީލަމުގައި ވިއްކާލުމަށް ހޯރަފުށީ ރަށުކައުންސިލްގެ 2022/20 (11 މެއި 2022( ޖަލްސާއިން ވަނީ ނިންމާފައެވެ.

                    ވީމާ، މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  1. ނީލަން ކިޔުމަށް ހަމަޖެހިގައިވާ ތަން: ހޯރަފުށީ ބަނދަރު ބޮޑުނިކަގަހުގެ ދެކުނުފަރާތުގައި ޤާއިމުކޮށްފައިވާ ހަޓް ( ހަޓްކައިރީ ހުރި އެންޓަނާ ހިމެނޭގޮތަށް )
  2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2022 މެއި 24 ( އަންގާރަ ) ދުވަހުގެ ހަވީރު 16:00 ގައި
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
  4. ނީލަމުގައި ހިމެނޭ ހަޓްގެ ތަފްސީލް:

ނީލަން ނަންބަރު: 01 (ހަޓް އަދި އެންޓަނާ 01)

#

ތަފްސީލް

އަދަދު

ނީލަން ފެށޭ އަގު

އިތުރު ކުރެވޭ ރޭޓް

1

ހޯރަފުށީ ބަނދަރު ބޮޑުނިކަގަހުގެ ދެކުނު ފަރާތުގައި ޤާއިމުކޮށްފައިވާ ހަޓާއި ހަޓްކައިރީހުރި އެންޓަނާ އާއި އެންމެހާ ތަކެތި

01

1,000/-

500/-

               

 މިނީލަމުގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވައިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީއެއް ގެންނަންވާނެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިން ނީލަމުގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނީލަން އޮންނަ ސަރަޙައްދަށް ވަޑައިގެން ދެއްވުމަކީ ހޯރަފުށީ ކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.

 ނީލަމުން ހަޓް ނަންގަވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ 19:00 ގެ ކުރިން ހޯރަފުށީ ކައުންސިލްއަށް ދުރުވެ ފައިސާ ދެއްކެވުމަށްފަހު 05 (ފަހެއް) ދުވަހުގެ ތެރޭގައި ހަޓްރޫޅާ ތަކެތި ގެންގޮސް ބިންސާފުކުރަންވާނެވެ. ނީލަމުގައި ހިނެމޭ ހަޓްގެ ރާނާފައިވާ ބައިތަށް ނަގައި އުކާލުމަކީވެސް ނީލަން ނަންގަވާ ފަރާތުގެ ޒިންމާއެކެވެ.

 ނީލަމުން ހަޓް ނަންގަވާ ފަރާތްތަކުން ހަޓް ރޫޅަން ފެށުމުގެ ކުރިން 5,000/- (ފަސްހާސް) ރުފިޔާ ސެކިއުރިޓީ ޑިޕޮސިޓް ގޮތުގައި ހޯރަފުށީ ކައުންސިލްގެ އިދާރާގައި ބަހައްޓަން ވާނެވެ. މިފައިސާ އަބުރާ ނީލަން ނެންގެވި ފަރާތަށް ދޫކުރާނީ، ނީލަމުން ނެންގެވި ހަޓްރޫޅާ އަދިހަޓް ކައިރީހުރި އެންޓަނާ އާއި ކޮންކިރިޓް ބުޑުނަގައި ތަކެތި ގެންގޮސް ބިންސާފުކުރަން ދީފައިވާ 5 (ފަހެއް) ދުވަހުގެ މުއްދަތުގައި، ހަޓްރޫޅާ ތަކެތި ގެންގޮސް ބިންސާފުކޮށް ހޯރަފުށީ ކައުންސިލަށް އެންގުމުންނެވެ. ހަޓްރޫޅާ ތަކެތި ގެންގޮސް ބިންސާފުކުރަން ދީފައިވާ 5 (ފަހެއް) ދުވަހު މުއްދަތުގައި ހަޓްރޫޅާ ތަކެތި ގެންގޮސް ބިންސާފުނުކޮށްފިނަމަ، ސެކިއުރިޓީ ޑިޕޮސިޓްގޮތުގައި ބެހެއްޓިފައިސާ ދޫކުރާނީ ހޯރަފުށީ ކައުންސިލްގެ ފަރާތުން ބިންސާފުކުރުމަށްފަހު އެކަމަށް ހިނގާ ޙަރަދު ސެކިއުރިޓީ ޑިޕޮސިޓް ގޮތުގައި ބެހެއްޓި ފައިސާއިން އުނިކުރުމަށް ފަހުއެވެ.

                    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 މޭ 2022
ހޯދާ