ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ގޯތިތަކުގެ ނަންބޯޑު ހަރުކުރުމާއި ގުޅޭ

މޯލްޑިވްސް  ބިއުރޯ  އޮފް  ސްޓެޓިސްޓިކްސްއިން  ކުރިއަށް  ގެންދާ  ބޯހިމެނުމުގެ  މަސައްކަތް 17 ސެޕްޓެމްބަރު 2022 ވަނަ ދުވަހުން ފެށިގެން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ތަފާސްހިސާބު ބެލުމަށް، ގޭގެއަށް ޒިޔާރަތް ކުރަމުން ގެންދާއިރު ގޯތިތައް ދެނެގަތުމަށްތަކައި ގޯތީގެ ނަން ފަސޭހައިން ކިޔަން އެނގޭނެގޮތަށް ޖަހާފައި ހުރިކަން ކަށަވަރުކުރަންޖެހެއެވެ. އަދި ގޯތިދޫކުރުމުގެ އުސޫލުގައި ވެސް ގޯތީގެ ނަންބޯޑު ޖެހުމަކީ ލާޒިމްކޮށްފައިވާ ކަމެކެވެ.

އެހެންކަމުން ކޮޅުމަޑުލު ދިޔަމިގިލީގައި ނަންބޯޑު ހަރުކޮށްފައި ނެތް ގޯތި ތަކުގައި 31 އޮގަސްޓް 2022ގެ ނިޔަލަށް ނަންބޯޑު ހަރުކުރުމަށް ދަންނަވަމެވެ. އަދި ގޯތީގެ ނަން ބޯޑު ހަރުކުރާ އިރު، ރަޖިސްޓަރީކޮށްފައިވާ ނަން ޖެހުމަށް ސަމާލުކަންދޭންވާނެއެވެ. ގޯތީގެ ނަންޖެހުމުގައި ރަޖިސްޓަރީ ކޮށްފައިނުވާ ނަމެއް ނުވަތަ ރަޖިސްޓަރީގައިވާ ނަމަށް ނަންބަރެއް އިތުރުކޮށް ޖެހުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

17 މޭ 2022
ހޯދާ