ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރަށް ކުދިން ވެއްދުމާއި ގުޅޭ

2022-2023 ވަނަ އަހަރު ދިރާސީ އަހަރަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން  2022 މެއި 31 ވާ އަންގާރަ  ދުވަހުގެ 12:00 ގެ ކުރިން މިކަމަށްއެދޭ ފޯމް ފުރުމަށްފަހު ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2022 މެއި 17 ވާ އަންގާރަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 13:30 އަށް ސްކޫލް އޮފީހުގައެވެ.

ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ކީސްޓޭޖް 1ގެ ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.

1- 2022-2023 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖުގެ އެލް.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަަހަރު ނުފުރޭ ދަރިވަރުން.

2- 2022-2023 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖުގެ ޔޫ.ކޭ.ޖީއަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ އެލް.ކޭ،ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން. 

3- 2022-2023 ވަނަ އަހަރު ކީސްޓޭޖް 1ގެ ގްރޭޑް 1 އަށް ވެއްދުމަށް ހަމަޖެހިފައިވަނީ 2 އަހަރުގެ ޕްރީސުކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން. 

17 މޭ 2022
ހޯދާ