މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"މީސް ޕޯޓަލް" ގައި ރެޖިސްޓްރީ ކުރުމާއި ބެހޭ

                          އިޢުލާން

"މީސް ޕޯޓަލް" ގައި ރެޖިސްޓްރީ ކުރުން

     ކުޅިވަރު ކްލަބް ތަކާއި، މަދަނީ ޖަމްޢިޔާތަކާއި، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތައް ރެޖިސްޓްރީ ކުރުމާއި، އެތަންތަން އިދާރީ ގޮތުން އަދި ޤާނޫނީގޮތުން ހިންގުމުގައި ކުރަންޖެހޭ ކަންކަން ކުރުމަށް މިމިނިސްޓްރީން ވަނީ "މީސް ޕޯޓަލް" ގެ ނަމުގައި ޕޯޓަލްއެއް ފަރުމާކޮށްފައެވެ. މިހެންވެ، 15 ޖޫން 2022 ން ފެށިގެން ކްލަބް، ޖަމްޢިއްޔާ އަދި ކުޅިވަރު އެސޯސިއޭޝަންތަކުން މިމިނިސްޓްރީއަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަންތައް ހުށަހަޅަމުން ގެންދާނީ https://mees.mv  މިލިންކް މެދުވެރިކޮށް މީސް ޕޯޓަލް އަށެވެ. އަދި މިމިނިސްޓްރީންވެސް މިކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމާއި، އަދި އަންގަންޖެހޭ މަޢުލޫމާތުތައް އަންގަމުން ދާނީ މިޕޯޓަލް މެދުވެރިކޮށެވެ. މީސް ޕޯޓަލަށް ލޮގިންވެވޭނީ އީ ފާސް މެދުވެރިކޮށެވެ.

     މި އޮންލައިން ޕޯޓަލް ފަރުމާކުރުމުގެ މުހިއްމު ބޭނުމަކީ، މިހާރަށްވުރެ ފަސޭހަ ޒަމާނީ ގޮތަކަށް މިޚިދުމަތް ފޯރުކޮށްދިނުމެވެ. ވީމާ، މިޚިދުމަތް މިހާރުވެސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ. އަދި 15 ޖޫން 2022 ގެ ފަހުން މިމިނިސްޓްރީއަށް މިފަދަ އެޕްލިކޭޝަންތައް މީސް ޕޯޓަލް އިން ހުށަހެޅުމުން ނޫނީ ބަލައި ނުގަންނަގޮތަށް ހަމަޖެހިފައިވާތީ، ސަމާލުކަމަށްޓަކައި މިވާހަކަ ދެންނެވީމެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު، މިމިނިސްޓްރީގެ ނަންބަރު 3347300 އިންނާއި، އީމެއިލް  [email protected] މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.

16 މޭ 2022
ހޯދާ