މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ނިޒާމުގެ ޚިދުމަތަށް އެދި ފޯމު ހުށަހެޅުމާގުޅޭ

ކާށިދޫގައި ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށިފައިވާ ފެނުގެ ނިޒާމުގެ ޚިދުމަތަށް އެދި ފޯމު ހުށަހެޅުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)330-B/330/2022/19 އަދި (IUL)330-B/330/2022/31 މި ދެ ޢިޢުލާނާގުޅިގެން، ފެނުގެ ނިޒާމުގެ ޚިދުމަތަށް އެދި މިހާތަނަށް ފޯމު ހުށަހަޅާފައިނުވާ ފަރާތްތަކުން 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފެނުގެ ޚިދުމަތަށް އެދޭ ފޯމު ފުރުއްވައި މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ފެނުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ދިރިއުޅެވޭ ފެންވަރަށް ޢިމާރާތްކޮށްފައިވާ ޢިމާރާތްތަކަށް އެކަނި ކަމުގައި ވެސް ދެންނެވީމެވެ.

      މި އިޢުލާނުގައި ދެވިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން ޚިދުމަތަށް އެދެވޭނީ ފެނުގެ ނިޒާމު ޤާއިމުކޮށް ނިމި، އޮޕަރޭޓަރު ޙަވާލުވެ ޚިދުމަތް ދޭން ފެށުމުންނެވެ. އެހެންކަމުން މިހާރު ދިރިއުޅެވޭ ފެންވަރަށް ޢިމާރާތްކޮށްފައިވާ ހުރިހާ ގެތަކުން ވެސް 19 މެއި 2022 ގެ ނިޔަލަށް ފެނުގެ ޚިދުމަތަށް އެދޭ ފޯމު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 މޭ 2022
ހޯދާ