ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ ވެއިޓިން އޭރިޔާގައި ޕާރޓިޝަން ޖެހުމާއި ކައުންޓަރު ހެދުމުގެ މަސައްކަތް

ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ ވެއިޓިން އޭރިޔާގައި ޕާރޓިޝަން ޖެހުމާއި ކައުންޓަރު ހެދުމުގެ މަސައްކަތް

 

         މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް މި ކޯޓުގެ ވެއިޓިންގ އޭރިޔާގައި ޕާރޓިޝަންޖެހުމާއި ކައުންޓަރު ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މި ކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން  [email protected]  އަށެވެ.

        ބީލަން ހުށަހަޅާނީ 25 މެއި 2022 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކޯޓަށެވެ.

        މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

        ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

16 މޭ 2022
ހޯދާ