އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލް އިދާރާއަށް، ވާޓިކަލް ބްލައިންޑް އޮފީސް ކާޓަން ހޯދުން

  1. މި އިދާރާއިންދޭ މަޢުލޫމާތާއެއްގޮތަށް، ވާޓިކަލް ބްލައިންޑް އޮފީސްކާޓަން، މި އިދާރާއަށް ސަޕްލައިކޮށްދިނުމަށް، ޝައުޤްވެރިވާ އަދި ޝަރުޠުހަމަވާ ފަރާތްތަކަށް، އަންދާސީހިސާބު ހުށަހެޅުމަށް، ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، އެންމެކުދި، ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2022 މެއި 24 ވާ، އަންގާރަ ދުވަހުގެ 14:00ގެ ކުރިން، ބިޑް ރަޖިސްޓްރޭޝަން ފޯމް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. "ބިޑް ރަޖިސްޓްރޭޝަން ފޯމް" އިޢުލާނާ އެޓޭޗްކޮށްފައިވާނެ އެވެ. އަދި މި ފޯމު އިދާރާގެ ކައުންޓަރުން ވެސް ލިބިވަޑައިގަންނަވާނެ އެވެ.
  4. ނަންނޯޓުކުރައްވާ ފަރާތްތަކަށް މަސައްކަތުގެ މަޢުލޫމާތު ކަރުދާސް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭ ފަރާތްތަކުން، 2022 މެއި 24ގެ 14:00ގެ ކުރިން، [email protected] އަށް މެއިލްކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

5. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2022 މެއި 26 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2022 މެއި 26 ވާ ބުރާސްފަތި ދުވަހުގެ، 13:15 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

7. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ. މަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައެޅުމުގައި، މިނިސްޓްރީ އޮފް ފިނޭންސުން އެކުލަވާލައި، 10 ފެބްރުއަރީ 2021 ގައި ގެޒެޓްކޮށްފައިވާ "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލު" އަށް އަމަލުކުރެވޭނެ އެވެ.

16 މޭ 2022
ހޯދާ