މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ބަނދަރު ބޭނުންކުރުމާބެހޭ ޢާންމު އުޞޫލު

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

       ނ.ވެލިދޫ ، ދިވެހިރާއްޖެ

ނ.ވެލިދޫ ބަނދަރު ބޭނުންކުރުމާބެހޭ ޢާންމު އުޞޫލު

ތަޢާރަފް

  1.  

(ހ)

މިއީ، ނ.ވެލިދޫ ކައުންސިލުން އެކުލަވާލާ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރައްވާފައިވާ ނަމްބަރު2014/R-92 "ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާޢިދުގެ ދަށުން އެކުލަވާލާފައިވާ ޢާންމު އުޞޫލެވެ.

ޢަމަލުކުރަން ފަށާ ތާރީޚު

  1.  

(ހ)

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، 17 މޭ 2022 ން ފެށިގެންނެވެ.

 

 

(ށ)

މިއުޞޫލާއި އެކު ބަނދަރު ސަރަޙައްދާއި، ބަނދަރާއި ގުޅޭ ފަޅުގެ ސަރަހައްދު ހިމެނޭ ޗާޓު  ޢާންމުކޮށް އިޢުލާން ކުރަމެވެ.

ބަނދަރު ބެލެހެއްޓުން

  1.  

(ހ)

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ބަނދަރު ބެލެހެއްޓުމަކީ މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތައް ބަނދަރު ބޭނުންކުރަންވާނީ މިއުޞޫލާ އެއްގޮތަށްށެވެ.

 

 

(ށ)

ކައުންސިލްއިދާރާގެ ފަރާތުން ބަނދަރު ބެލެހެއްޓުމަށާއި މިއުޞޫލުގެ ދަށުން ނަގަންޖެހޭ ފީނެގުމުގައި ޒިންމާވާ ފަރާތަކީ، ކައުންސިލްއިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓަށެވެ.

 

 

(ނ)

ބަނދަރުގައި މަސްދޯނިފަހަރު އެޅުމަށާއި މުދާ ބޭލުމަށާއި އެހެނިހެން އުޅަނދުތައް އެޅުމަށް ސަރަޙައްދުތައް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ރ)

ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް މީހުން އަރުވާ ބޭލުމާއި، މުދާއަރުވާ ބާލާ ވަގުތު ފިޔަވާ އެހެނިހެން ވަގުތު ތަކުގައި އެއްގަމު ތޮށިގަނޑު ކައިރި ތޮށިގަނޑުގެ ދިގަށް އުޅަނދެއް ބޭއްވުމަކީ މަނާކަމެކެވެ. މިނޫން ގޮތަކަށް ޢަމަލުކޮށްފިނަމަ މިއުސޫލުގެ 5ވަނަ މާއްދާގެ (ރ)ގައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނެއެވެ.

ބަނދަރުގައި މުދާ ބޭލުމާއި މުދާ ބަރުކުރުން

  1.  

(ހ)

ކަނޑުގައިދުއްވާ އުޅަދުފަހަރު ބަރުކުރުމަށާއި މުދާބޭލުމަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަންވާނީ ކައުންސިލްގެ އިދާރާގެ ހުއްދަ ހޯދައިގެންނެވެ. އަދި އެއްގަމު ތޮށިގަނޑު ކައިރީގައި މުދާ ބަހައްޓަންވާނީ ޕޭމަންޓަށް ނާރާ ގޮތަށް އެކަމަށް ކަޑައެޅިފައިވާ ސަރަހައްދުގައެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގެ ދަށުން މުދާ ބޭލުމަށް 69 ފޫޓުން ފެށިގެންދަށުގެ އުޅަނދު ފީ ނުދައްކާ ބޭއްވޭނީ ގިނަވެގެން 24 (ސައްވިސް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށްވެސް 24 (ސައުވީސް) ގަޑިއިރަށެވެ.

 

 

(ނ)

މިމާއްދާގެ (ހ) ގެ ދަށުން މުދާ ބޭލުމަށް 119-70  ފޫޓުގެ އުޅަނދު ފީ ނުދައްކާ ބޭއްވޭނީ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށްވެސް 48 (ސާޅީސްއަށެއް) ގަޑިއިރަށެވެ.

 

 

(ރ)

މިމާއްދާގެ (ހ) ގެ ދަށުން މުދާ ބޭލުމަށް 120 ފޫޓަށްވުރެ ދިގު އުޅަނދު ފީ ނުދައްކާ ބޭއްވޭނީ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށްވެސް 48 (ސާޅީސްއަށެއް) ގަޑިއިރަށެވެ

 

 

(ބ)

މިމާއްދާގެ (ށ) ،(ނ) ،(ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގައިވާ އުސޫލުންނެވެ.

1-     69 ފޫޓަށް ވުރެ ކުރު އުޅަނދު ފަހަރުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް 15/- (ފަނަރަރުފިޔާ) ގެ މަގުންނެވެ.

2-     70 ފޫޓާއި 99 ފޫޓާއި ދެމެދު ގެ އުޅަނދު ފަހަރުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް 25/- (ފަންސަވީސްރުފިޔާ) ގެ މަގުންނެވެ.

3-     100 ފޫޓަށް ވުރެ ދިގު އުޅަނދު ފަހަރުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް 50/-  (ފަންސާސްރުފިޔާ) ގެ މަގުންނެވެ.

 

 

(ޅ)

މުދާ ބަރުކުރުމަށްފަހު ނުވަތަ އެރުވުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ ބާއްވަން ވާނީ ތޮށިގަނޑު ހުރަހަށެވެ.

 

 

(ކ)

ސިމެންތި ، ހިލަ ، ހިލަވެލި ، ދޮންވެލި ، އަކިރި ، ގެރިގުއި ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދު ފަހަރުން އެފަދަ ތަކެތި އަރުވާ ބާލަންވާނީ ކައުންސިލުން ކަނޑައަޅާ ބަނދަރުގެ ސަރަހައްދަކަށެވެ. މިފަދަ ތަކެތި  ބާލަންވާނީ އެ ސަރަޙައްދެއްގައި ސަތަރި ނުވަތަ ތަރަފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމިގެން އެންމެ ލަސްވެގެން 4 (ހަތަރު) ގަޑިއިރުގެ ތެރޭގައި އެސަރަޙައްދު ސާފު ކުރަންވާނެއެވެ.

 

 

(އ)

މި މާއްދާގެ (ކ) ގައިވާ ބަޔާންކޮށްފައިވާ ފަދަތަކެތި އުޅަނދަށް ބަރުކުރުމަށް ބަނދަރު ސަރަޙައްދުގައި ބެހެއްޓޭނީ ނުވަތަ ބޭލުމަށްފަހު ބަނދަރު ސަރަޙައްދުގައި ބެހެއްޓޭނީ އެންމެ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރަށެވެ.

ބަނދަރު ސާފުކުރުން

  1.  

(ހ)

ޢާއްމުކޮށް ބަނދަރާއި ބަނދަރު ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.

 

 

(ށ)

މުދާއަރުވާ ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި އެއްގަމު ސަރަޙައްދަށް އެޅޭ ތެލާއި ކުނިފަދަތަކެތި އެމަސައްކަތް ނިމުމާއެކު އެމަސައްކަތްކުރި ނުވަތަ އެމަސައްކަތް ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

 

 

(ނ)

ސިމެންތި ، ހިލަ ، ހިލަވެލި ، ދޮންވެލި ، ކާޑު ފަދަ ބަސްތާތައް ބަނދަރުގެ އެއްގަމު ތޮށި ކައިރީގައި ބާލާ ޖައްސަންވާނީ އެ ތަކެތީގެ ދަށުގައި ސަތަރި ނުވަތަ ތަރުފާލު ފަދަ ތަކެތި އަޅައިގެންނެވެ. އަދި މަސައްކަތް ނިމުމުން ގިނަވެގެން 4 (ހަތަރު) ގަޑިއިރުގެ ތެރޭގައި ސަތަރި ނުވަތަ ތަރުފާލު ނަގާ ތަނަށް އެޅިފައި ހުރި ތަކެއްޗާ އެކުގައި ސާފުކުރަން ވާނެއެވެ.

 

 

(ރ)

ބަނދަރު ސަރަހައްދުގައި ލައިފްޖެކެޓާއި ކާޕެޓާއި އުޅަނދުފަހަރުގައި ބޭނުންކުރާ މިފަދަ ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ.

 

 

(ބ)

މި މާއްދާގެ (ށ) ، (ނ) އަދި (ރ) އާ ޙިލާފުވާ ފަރާތަށް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން. ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500/- (ފަސްސަތޭކަ) ރުފިޔާ އާއި 1000/- (އެއްހާސް ރުފިޔާ) އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން. ތިންވަނަ ފަހަރަށް ކުށްތަކުރާރުކޮށްފިނަމަ  1000/- (އެއްހާސް ރުފިޔާ) އާއި 3000/- (ތިންހާސް) ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން. 4 ވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 3000/- (ތިންހާސް) ރުފިޔާ އާއި 5000/- (ފަސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. އަދި ހަތަރު ވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000/- (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު މިޤަވާޢިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

ބަނދަރަށް ލިބޭ ގެއްލުން މަރާމާތު ކުރުން

  1.  

(ހ)

އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހި ނުވަތަ މުދާބާލާ އެރުވުމުގެ ތެރޭގައި، ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ، ތޮށިގަނޑަށް ގެއްލުން  ވެއްޖެނަމަ، އެވީ ގެއްލުމެއް ބަލައި އެއުޅަނދެއްގެ ވެރިފަރާތް ނުވަތަ އެއުޅަނދަކާއި ޙަވާލުވެފައިވާ ފަރާތަކާއި ކައުންސިލާ އެއްބަސްވާ ގޮތެއްގެ މަތީން އެއުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެއުޅަނދާއި ޙަވާލުވެފައިވާ ފަރާތުން ޚަރަދުކޮށްގެން ތޮށިގަނޑު މަރާމާތު ކުރަންވާނެއެވެ.

 

 

(ށ)

މިނަންބަރުގެ (ހ)ގައިވާފަދަ މައްސަލައެއް ދިމާވެ، އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދާއި ޙަވާލުވެގެން ހުރި ފަރާތާއި ދެމެދު ވަކިގޮތަކަށް އެއްބަސް ނުވެވޭ މައްސަލަތައް ޙައްލު ކުރުމުގައި ޢަމަލްކުރާނީ 7ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތީންނެވެ.

ބަނދަރަށް  ލިބޭ ގެއްލުން މަރާމާތު ނުކުރުން

  1.  

މިޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދެފަރާތުން އެއްބަސްވެވިފައިވާ ގޮތަށް އުޅަނދުގެ ވެރި ފަރާތުން ނުވަތަ އުޅަނދާ ޙަވާލުވެފައިވާ ފަރާތުން ތޮށިގަނޑު މަރާމާތުކޮށް ނުދީފި ނަމަ، ޢަމަލު ކުރާނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުން ކުރެ ގޮތަކަށެވެ.

 

 

(ހ)

ޝަރުޢީ ކޯޓެއް މެދުވެރިކޮށް ނުވަތަ މީޑިއޭޝަން މެދުވެރިކޮށް މައްސަލަ ޙައްލު ކުރުން.

 

 

(ށ)

އެއުޅަނދުގެ ސަބަބުން ބަނދަރުން ހަލާކުވިތަން އެއުޅަނދުން މަރާމާތު ކުރަންދެން އެއުޅަނދަށް އެބަނދަރުން ޚިދުމަތް ނުލިބޭ ގޮތަށް ކަނޑައަޅައި ތަންފީޒީ އިދާރާތައް މެދުވެރިކޮށް އެކަން ތަންފިޛް ކުރުން.

 

 

(ނ)

މިނަންބަރުގެ (ހ)ގައިވާ ގޮތަށް ޢަމަލު ކުރުމާއެކު ބަނދަރަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްދާ ޚަރަދު ހޯދުމަށް އެފަރާތަކާއި މެދު ދަޢުވާކުރުން.

މައްސަލަ ޙައްލު ކުރުމަށް ހިނގާ ޚަރަދު

  1.  

މިޤަވާޢިދު 7 ވަނަ ނަންބަރުގައިވާ ގޮތަށް ދެފަރާތުން ވާހަކަ ދައްކާ މައްސަލަ ޙައްލުނުވުމުގެ ސަބަބުން ކައުންސިލްގެ ފަރާތުން ކޯޓަށްދާން މެދުވެރިވެއްޖެނަމަ، ނުވަތަ މީޑިއޭޓަރއެއް މެދުވެރިކުރަން ޖެހިއްޖެނަމަ، އެކަމަށް ހިނގާ ޚަރަދު އެއުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެއުޅަނދާ ޙަވާލުވެހުރި ފަރާތަކުން ދޭންވާނެއެވެ.

އެއްގަމަށް ވާއެޅުމާއި ލޮތާރި އެޅުން

  1.  

(ހ)

އުޅަނދުތަކުގެ ވާއައްސަންވާނި ކައުންސިލްގެ ފަރާތުން ބަނދަރުގައި ވާއެޅުމަށް، ނުވަތަ އެއްސުމަށް ކަނޑައަޅާފައިވާ އެއްޗެއްގަ، ނުވަތަ ތަނެއްގައެވެ.

 

 

 

 

 

ބަނދަރު ސަރަޙައްދުގައިވާ

ފެނާއި ކަރަންޓް ބޭނުންކުރުން

 

 

 

 

  1.  

 

 

(ށ)

 

 

(ހ)

 

(ށ)

 

(ނ)

 

 

(ރ)

އެއްވެސް އުޅަނދަކުން އެއްގަމަށް ވާ އެއްސުމަށް ބަނދަރުގައި ޖެހިފައިވާ މޫޓު ނުވަތަ އެއްގަމު ޖެޓީގައި އެކަމަށް ޙާއްސަ ކުރެވިގެން ހެދިފައިވާ ތަންތަން ފިޔަވާ އެހެން ތަނެއްގައި ވާ އެއްސުމަކީ މަނާ ކަމެކެވެ.

ބަނދަރު ސަރަޙައްދުގައިވާ ފެންގޭޓް ތަކުންނާއި މަސްމާރުކޭޓްގެ އިސްކުރުތަކުން  ލިބޭ ވަޅުފެނަކީ ރާއްޖޭގެ ހުރިހާ އޮޑިވެރިންނަށް ހިލޭ ދޫކުރެވޭ ފެނެކެވެ.

ފެން ބޭނުންކުރައްވާނީ އެއޮޑިއެއް އެޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައިވާ ފެން ގޭޓަކުންނެވެ.

ވޯޓަރ ސަޕްލައި ފެން ބޭނުންކުރާނަމަ ލިޓަރަކަށް 15/- ލާރީގެ މަގުން އަގު ނެގޭނެއެވެ.

ދަތުރުވެރީންނަށް ޚާއްޞަކުރެވިގެން ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ ކަރަންޓް ބޯޑްތަކަކީ ކަރަންޓު ދޫކުރާ ކުންފުނިން އަގު ނަގާ ގޮތަށް ބެހެއްޓިފައިވާ ބޯޑްތަކެކެވެ.

 

ބަނދަރު ވަކިފަރާތަކަށް ޚާއްޞަވުން

  1.  

(ހ)

ބަނދަރަކީ ޢާއްމުކޮށް ހުރިހާ ފަރާތަކަށް ހުޅުވާލެވިގެންދެވޭ ޚިދުމަތަކަށްވުމުން އެއްވެސް އުޅަނދަކަށް ބަނދަރުގެ މުދާބޭލުމަށް ކައުންސިލްގެ ފަރާތުން ކަނޑައަޅާފައިވާ ސަރަޙައްދުގައި ވަކިދިމާއެއް ވަކި އުޅަނދަކަށް ޚާއްޞަކުރެވިފައި ނުބޭއްވޭނެއެވެ.

 

 

(ށ)

މިނަންބަރުގެ (ހ) އެހެން އޮތްނަމަވެސް، ކޮންމެ ބަނދަރެއްގައިވެސް ބަނދަރުގެ ޖާގައޮތް މިންވަރަކަށް ރިޢާޔަތްކޮށް ކައުންސިލްގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަޙައްދެއްގައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދައާއި ފައްތިޔާ ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ފަޅުތެރޭގައި ވާއެޅުން

  1.  

(ހ)

ފަޅުތެރޭގައި ކަނޑިންމަ ހުރަސްވާގޮތަށް ނުވަތަ ފާލަން ސަރަޙައްދު ހުރަސްވާގޮތަށް ވާއަޅަންވާނީ ބަރުއައްސާ ވާއަޑިޔަށް ފައްތައިގެންނެވެ.

 

 

(ށ)

މިނަންބަރުގެ (ހ) ގެދަށުން ކަނޑައަޅާ އުސޫލާ ޙިލާފުވާ ފަރާތަށް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން. ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން. ތިންވަނަ ފަހަރަށް ކުށްތަކުރާރުކޮށްފިނަމަ -/1000 (އެއްހާސް) ރުފިޔާ އާއި 3000/- (ތިންހާސް) ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން. 4ވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 3000/- (ތިންހާސް) ރުފިޔާ އާއި 5000/- (ފަސްހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން. އަދި ހަތަރު ވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000/- (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު މިޤަވާޢިދުގެ ދަށުން ކައުންސިލަކަށް ލިބިގެންވެއެވެ.

ރަސްމީ ޖެޓީ ސަރަހައްދު

  1.  

(ހ)

ރަސްމީ ޖެޓީ (3 ނަމްބަރު ފާލަން) ސަރަޙައްދުގެ ދެފަރާތުގައި އިންޖަހާފައިވާ ސަރަޙައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބާއްވައިގެން ނުވާނެއެވެ.

 

 

(ށ)

ފަސިންޖަރުންނާއި މުދާއުފުލުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރު، ފާލަމާ ގާތްކޮށް މީހުންނާއި މުދާ އަރުވާ ބޭލުމަކީ މަނާކަމެކެވެ.

 

 

(ނ)

މިނަންބަރުގެ (ހ) ، (ށ) ގައިވާފަދަ ޢަމަލެއް ކުރިފަރާ`ތެއް -/500 (ފަސްސަތޭކަ) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ކައުންސިލަކަށް ލިބިގެންވެއެވެ.

ޚާއްޞަ ޙާލަތެއްގައި އުޅަނދު އަޅާފައިވާ ސަރަޙައްދުން ނެގުން

  1.  

(ހ)

ޚާއްޞަ ޙާލަތެއް މެދުވެރިވެގެން ކައުންސިލްގެ ފަރާތުން،  އުޅަނދެއް އޮތްތަނުން ނަގަން އެންގުމަށް ބޭނުންވެއްޖެނަމަ، އެއެންގުމެއް އަންގަންވާނީ އެއުޅަނދެއް ނަގަންޖެހޭ ޚާއްޞަ ޙާލަތް ބަޔާންކޮށް ލިއުމަކުންނެވެ.

 

 

(ށ)

މިނަންބަރުގެ (ހ)ގައި ބުނެފައިވާ އެންގުން އެއުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު ޙަވާލުވެގެން ހުރިފަރާތަކާއި ޙަވާލު ކުރުމުން ނުވަތަ އެ އުޅަނދުގައި އެލިއުން ޢާންމުކޮށް ފެންނަގޮތަށް ހަރުކުރުމުން އެއުޅަނދު ނެގުމަށް އެންގުނީކަމުގައި ބަލަންވާނެއެވެ.

 

 

(ނ)

މިނަމްބަރުގެ (ހ) ގެ ދަށުން ކަނޑައަޅާ އުސޫލާ ޙިލާފުވާ ފަރާތަށް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން. ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500/- (ފަސްސަތޭކަ) ރުފިޔާ އާއި 1000/- (އެއްހާސް) ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން. ތިންވަނަ ފަހަރަށް ކުށްތަކުރާރުކޮށްފިނަމަ 1000/- (އެއްހާސް) ރުފިޔާ އާއި 3000/- (ތިންހާސް) ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުން.4ވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 5000/- (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު މިޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

އިންޖީނަށް ގެއްލުން ލިބުންފަދަ ދަތުރު ނުކުރެވޭ ޙާލަތް މެދުވެރިވާ އުޅަނދު

  1.  

އިންޖީނަށް ގެއްލުން ލިބުންފަދަ ކަންކަމުގައި ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ  އުޅަނދުފަހަރުވެސް ތޮށިގަނޑުކައިރީގައި ތޮށިގަނޑު ދިގަށް ބޭއްވޭނީ ކައުންސިލުގެ ހުއްދައާއެކު، ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑި އިރުވަންދެނެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް -/100 (ސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ފުރިހަމަ ނުވެ އޮންނަ ބަޔަށް ފީނެގޭނީ 24 (ސައުވީސް) ގަޑިއިރަށެވެ.

ބަނދަރާއި ބަނދަރު ސަރަޙައްދަށް ކުނިއެޅުން

  1.  

(ހ)

އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި ބަނދަރު ސަރަޙައްދަށް ކުނިފަދަތަކެތި އެޅުމާއި ޑަސްބިން ދޮވުމާއި، އުޅަނދުގެ އަޑީގައި ހުންނަ ތެޔޮ އެކުލެވޭ ނުވަތަ ތެޔޮފަދަ އެއްޗަކާއި ތަޣައްޔަރުވެފައިވާ ފެން ނުވަތަ ދިޔަގަނޑު ފަޅުތެރެއަށް ހިއްކުމަކީ މަނާކަމެކެވެ. އަދި ބަނދަރާއި ބަނދަރު ސަރަޙައްދަށް ޤަޟާހާޖާ ކުރުމަކީވެސް މަނާކަމެކެވެ.

 

 

(ށ)

މިނަންބަރުގެ (ހ) އާ ޚިލާފުވާފަރާތްތައް -/150 (ސަތޭކަ ފަންސާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ބަނދަރުގެ ސަރަޙައްދުގައި މަސްކެނޑުން

  1.  

(ހ)

ބަނދަރު ސަރަޙައްދުގައި މަސްކެނޑުމަކީ އެކަމުގެ ސަބަބުބަން ބަނދަރުގެ ސާފުޠާހިރުކަން ގެއްލިގެންދާނެކަމަކަށްވުމާއި، ބަނދަރު ބޭނުންކުރާފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިވާނެކަމެއްކަމަށްވީހިނދު، އެސަރަޙައްދުގައި ނުވަތަ ތޮށިގަނޑުމަތީ މަސްބޭލުމާއި، މަސްކެނޑުމާއި، މަސްވިއްކުމަކީ މަނާކަމެކެވެ.

 

 

(ށ)

މިނަންބަރުގެ (ހ) ގައިބަޔާންކުރެވިފައިވާ ގޮތާ ޚިލާފުވާ ފަރާތްތައް ކަމުގެ ކުޑަބޮޑުމިނަށް ބަލައި، -/100 (ސަތޭކަ)ރުފިޔާއާއި -/2000 (ދެހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ބަނދަރު ސަރަޙައްދުގައި އެންކޮށްޓާއި ދިރޭމަސް ގެންގުޅުން

  1.  

(ހ)

ބަނދަރާއި ބަނދަރު ސަރަޙައްދުގެ ފަޅުތެރޭގައި އެންކޮށްޓާއި ދިރޭމަސް ކޮށީގައި ބަހައްޓައިގެން ގެންގުޅުމަކީ މަނާކަމެކެވެ.

 

 

(ށ)

މިނަންބަރުގެ (ހ) ގައި ބަޔާންކުރެވިފައިވާ ފަދަ ޢަމަލެއް ހިންގި ފަރާތެއް ކޮށްފައިވާ ކަންތަކުގެ ކުޑަބޮޑުމިނަށް ބަލައި -/100 (ސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު  ކައުންސިލަށް ލިބިގެންވެއެވެ.

ބަނދަރު ސަރަޙައްދު ފަޅުތެރެއަށް ފެތޭ އުޅަނދުފަހަރާއި ދޫކޮށްލެވިފައި ހުންނަ އެހެނިހެން ތަކެތި

  1.  

(ހ)

ބަނދަރު ސަރަޙައްދަށް އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އަޑިއަށް ގޮސްފިނަމަ، އެއުޅަނދެއް ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ނަގަންވާނެއެވެ. އަދި އުޅަނދެއް ބަނދަރު ސަރަޙައްދަށް ފެތިފައި ނުވަތަ އަޑިއަށްގޮސްފައި އޮވެ، 5 (ފަހެއް) ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެއުޅަނދެއް ނެގުމަށް ކައުންސިލްގެ ފަރާތުން އެއުޅަނދެއްގެ ވެރިފަރާތަކަށް އަންގަންވާނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ނޭގޭ އުޅަނދުތައް ވެރިފަރާތް ހޯދުމަށްޓަކައި ޢާއްމުކޮށް އިޢުލާން ކުރަންވާނެވެ.

 

 

(ށ)

ފަޅުތެރެއަށް  ދޫކޮށްލެވިފައިވާ އުޅަނދުފަހަރު ފިޔަވާ އެހެނިހެން ތަކެތި ދޫކޮށްލެވިފައި އޮންނަ 24 (ސައްވީސް) ގަޑިއިރު ތެރޭގައި ނަގަންވާނެއެވެ. އަދި އެފަދަ ތަކެތި ފަޅުތެރޭގައި އޮންނަތާ 24 (ސައްވީސް) ގަޑިއިރަށް ވުރެ އިތުރު ވެއްޖެނަމަ އެފަދަ ތަކެތި 3 (ތިނެއް) ދުވަހުގެ ތެރޭގައި ނެގުމަށް ކައުންސިލުން އަންގަން ވާނެއެވެ. އަދި އެފަދަ ތަކެތި އެމުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ އިތުރުވާ ކޮންމެދުވަހަކަށް 100/- (ސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

 

 

(ނ)

މިނަންބަރުގެ (ހ)ގައިވާގޮތަށް އަންގާތާ ނުވަތަ އިޢުލާން ކުރާތަ 10 (ދިހައެއް) ދުވަސްތެރޭގައި އެއުޅަނދެއް ނުވަތަ އެ އެއްޗެއް އޮތް ސަރަހައްދުން ނުނަގައިފިނަމަ  އެއުޅަނދެއް ނުވަތަ އެ އެއްޗެއް ބަނދަރު ސަރަޙައްދުން ނަގާ ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދެވޭނެއެވެ. މިގޮތަށް ގެންދާ ގެންދިއުމުގައި އުޅަނދަށް ނުވަތަ އެ އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލްގެ ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

 

(ރ)

މިނަންބަރުގެ (ނ)ގައި ވާ އުސޫލުން ނެގޭ އުޅަނދުތަކާއި ތަކެތި ނެގުމަށާއި އުޅަނދު ފަހަރާއި ތަކެތީގެ ވެރިފަރާތް ހޯދުމަށް އިޢުލާންކުރުމަށާއި އުޅަނދު ނުވަތަ އެ ތަކެތި އެސަރަޙައްދުން ނެގުމަށް ދިޔަ ޚަރަދާއި، އެއުޅަނދަކަށް ނުވަތަ އެ އެއްޗަކަށް އިތުރު އެއްވެސް ފީއެއް ދައްކަންޖެހި ނުދައްކާވާނަމަ، އަދި ޖޫރިމަނާއެއް ކުރެވިފައިވާނަމަ، އެފައިސާތައް ދައްކާ ޚަލާޞްކޮށް އެއުޅަނދެއް ނުވަތަ އެ އެއްޗެއްގެ ވެރިފަރާތާއި ޙަވާލްކުރަންވާނެއެވެ.

 

 

(ބ)

އުޅަނދު/ތަކެތި ނަގާތާ 15 (ފަނަރަ) ދުވަސްވުމުން ވެރިފަރާތަށް އެއުޅަނދު/ތަކެތި ދޫކުރެވޭނީ މިނަންބަރުގެ (ރ)ގައިވާ ފީއާއި ޖޫރިމަނާގެ އިތުރުން، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް -/50 (ފަންސާސް ރުފިޔާ)ގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މިގޮތުން ހަވާލުކުރެވޭ އުޅަނދު/ތަކެތި ނުގެންގޮސް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުވެއްޖެނަމަ، އެއުޅަނދު/ތަކެތި ނައްތާލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކާލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ޢަމަލްކުރާނީ ޢާންމުކޮށް އިޢުލާން ކުރުމަށް ފަހުގައެވެ.

 

 

(ޅ)

މިނަންބަރުގެ (ބ)ގެ ދަށުން ނައްތާލެވޭ އުޅަނދު/ތަކެއްޗަށް އަރާފައިވާ ޖޫރިމަނާއާއި ފީތައް ހޯދުމަށް އެއުޅަނދު/ތަކެތީގެ ވެރިފަރާތާމެދު ދަޢުވާކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

މިޤަވާޢިދުގެ ދަށުން ފަޅުތެރެއިން ނެގޭ އުޅަނދުތައް ނެގުމުގައި ޢަމަލު ކުރާނެ ގޮތް

  1.  

 

މިޤަވާޢިދުގެ ދަށުން ބަނދަރު ސަރަޙައްދުން ނަގާ އުޅަނދުތައް ނެގުމުގެކުރިން ތިރީގައިވާ ގޮތަށް ޢަމަލު ކުރަންވާނެއެވެ.

 

 

(ހ)

އުޅަނދު/ތަކެތި އޮތްތަނުން ނެގުމުގެ ކުރިން ފޮޓޯ ނުވަތަ ވީޑިއޯ ކުރަންވާނެއެވެ.

 

 

(ށ)

އުޅަނދު/ތަކެތި ނެގުމުގެ ކުރިން އުޅަނދު އޮތް ޙާލަތް ބަޔާންކުރާ ރިޕޯރޓެއް ތައްޔާރު ކޮށް ރިޕޯރޓް ތައްޔާރު ކުރިފަރާތާއި އެރިޕޯރޓުގެ ކަންތައްތައް ދެކުނު އިތުރު ދެމީހަކު ރިޕޯރޓުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

ބަނދަރު ސަރަޙައްދަށް މޫދަށް އެރި އުޅުން

  1.  

(ހ)

ބަނދަރު ސަރަޙައްދުގެ ފަޅުތެރެއަށް ޢާއްމުކޮށް މޫދަށްއެރި އުޅުމަކީ މަނާކަމެކެވެ.

 

 

(ށ)

މިނަންބަރުގެ (ހ) އާއި ޚިލާފުވާ ފަރާތްތައް -/10 (ދިހައެއް) ރުފިޔާއާއި -/100 (ސަތޭކަ) ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ފަޅުތެރޭގައި އުޅަނދު ދުއްވަން ޖެހޭ ސްޕީޑް

  1.  

(ހ)

ބަނދަރު ސަރަޙައްދުގެ ފަޅުތެރޭގައި އުޅަނދު ދުއްވަންވާނީ ދިމާވެދާނެ ނުރައްކާތެރި ޙާދިސާއަކަށް އެންމެ އެކަށީގެންވާ މިންވަރަށް ރައްކާތެރިވެގެންނެވެ. މިގޮތުން ގަޑިއަކު 4 ނޯޓިކަލް މޭލަށްވުރެ ބާރު ސްޕީޑެއްގައި ފަޅުތެރޭގައި އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

ބަނދަރު ސަރަޙައްދުގައި އޮޑިދޯނިފަހަރު މަރާމާތު ކުރުން

  1.  

ބަނދަރު ސަރަޙައްދުގައި އެއްވެސް އުޅަނދެއް މަރާމާތު ކުރަންވާނީ ކައުންސިލްގެ ހުއްދަ ލިއުމަކުން ލިބުމުންނެވެ. އަދި މިފަދަ ހުއްދައަކަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅަފިނަމަ، މިޤަވާޢިދުގެ ދަށުން ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުގެ މަތިން އެ މަސައްކަތެއް ކުރުމުގެ ހުއްދަ ލަސްނުކޮށް ދޭންވާނެއެވެ.

ފަޅުތެރޭގައިވާ ރަށުންބޭރު މީހުންގެ އުޅަނދުފަހަރު

  1.  

(ހ)

ފަޅުތެރޭގައި އަޅާފައި އޮންނަ ރަށުންބޭރު މީހުންގެ އުޅަނދުފަހަރު ފަޅުގައި ކުއްޔެއްނެތި ބޭއްވޭނީ ގިނަވެގެން 3 (ތިނެއް) މަސްދުވަހުއެވެ.

 

 

(ށ)

ރަށުންބޭރު ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދެއް ވެލިދޫ ރައްޔިތަކަށް ކުއްޔަށް ދީފާއިވާނަމަ އެއުޅަދު ބެލެވޭނީ ވެލިދޫ މީހެއްގެ އުޅަނދެއްގޮތުގައެވެ.

 

 

(ނ)

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރުވާ މުއްދަތަށް ފީ ނެގޭނީ ތިރީގައިވާ އުސޫލުންނެވެ.

1-     69 ފޫޓަށް ވުރެ ކުރު އުޅަނދު ފަހަރުން ފީ ނެގޭނީ ކޮންމެ ދުވަހަކަށް ދިގުމިނުގެ ފޫޓަކަށް 50/- (ފަންސާސްލާރި) ގެ ރޭޓުންނެވެ.

2-     70 ފޫޓާއި 99 ފޫޓަށް ވުރެ ކުރު އުޅަނދު ފަހަރުން ފީ ނެގޭނީ ކޮންމެ ދުވަހަކަށް ދިގުމިނުގެ ފޫޓަކަށް -/1 (އެއް ރުފިޔާ) ގެ ރޭޓުންނެވެ.

3-     100 ފޫޓަށް ވުރެ ދިގު އުޅަނދު ފަހަރުން ފީ ނެގޭނީ ކޮންމެ ދުވަހަކަށް ދިގުމިނުގެ ފޫޓަކަށް 1/50 (އެއް ރުފިޔާ ފަންސާސްލާރި) ގެ ރޭޓުންނެވެ.

4-     ރަށްވެހިންގެ އުޅަނދުގެ ގޮތުގައި ބެލެވޭނީ މިރަށުގެ ރަޖިސްޓްރީއަށް ބަދަލުވެފައިވުން ނުވަތަ ވިއްކި / ދިން ކަމުގެ ލިޔުމާއި އެކު އުޅަނދުގެ ރަޖިސްޓްރީ ހުށަހެޅުމުންނެވެ.

ޖޫރިމަނާ

  1.  

(ހ)

މިއުސޫލުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް އަންގާފައިވާ ކަމެއް ކުރުމުން ކަނޑައެޅިގެން ވަކި އަދަބެއް ކަނޑައަޅާފައިނުވާ ކަންކަމަށް ކަމުގެކުޑަބޮޑުމިނަށް ބަލައި -/50 (ފަންސާސް) ރުފިޔާއާއި -/500 (ފަސްސަތޭކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ށ)

މި އުސޫލްގައި ހިމެނޭ އެންމެހާ ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ވެލިދޫކައުންސިލްގެ އިދާރާއަށެވެ.

 

  1.  

 

 ނ.ވެލިދޫ ބަނދަރާއި ފަޅު ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯރމް.

         ނޯޓް: މި އުސޫލުގެ 4ގެ (1) އާއި 23ގެ (ށ) ، (ނ) އަށް ބަދަލުކޮށް (ށ) އަށް މާއްދާއެއް އިތުރުކޮށްފައިވަނީ ކައުންސިލްގެ 3ވަނަ ދައުރުގެ 41ވަނަ އާއްމު ބައްދަލްވުމުން ފާސްކޮށްގެންނެވެ.

 

 

 

 

 

 

 

 

 

 

16 މޭ 2022
ހޯދާ