ދިވެހިރާއްޖެ
އިޢުލާން
ރަޖިސްޓްރީ ކޮށްފައިވާ އެކިއެކި ތަންތަނާއި ގޯތިގެދޮރުގެ ނަންބޯޑު ހަރުކުރުން.
ދިރިއުޅުމަށާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ގޯތިތަކާއި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނުގައި ނަންބޯޑު ހަރުކުރެވިފައި ހުންނަން ޖެހެއެވެ. މިކަމަކީ އާންމުންނަށާއި ރަށަށް ޒިޔާރާތްކުރާ ފަރާތްތަކުގެ އިތުރުން ރަށުގެ ޢިދާރާތަކަށްވެސް ނުހަނު ބޭނުންތެރިކަމެކެވެ. އަދި ހާއްސަކޮށް މިއަހަރު ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ އާބާދިއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަސައްކަތް ފެށުމުގެ ގޮތުން މުޅި ރާއްޖޭގައި ހުރި ތަންތަނުގެ ލިސްޓް ނެގުމުގެ ކުރިން ރާއްޖޭގެ ގޭގޭގެ ނަންބޯޑު ހަރުކުރެވިފައިވާކަން ކަށަވަރު ކުރަންޖެހެއެވެ.
މިހެންކަމުން މިރަށުގައި ހުރި ހުރިހާ ގޯތިތަކާއި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނަށް ވަންނަ މައި ދޮރާށި ކައިރީ ނަންބޯޑު ހަރުކޮށް 2022 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ނިންމަވައި ދެއްވުމަށް އިލްތިމާސްކުރަމެވެ.