މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުގެ ދަށުން ކަނެކްޝަން ގުޅައިދިނުމަށް އެދި އަލުން ފުރުސަތު ހުޅުވާލުން

އިޢުލާން

ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުގެ ދަށުން ކަނެކްޝަން ގުޅައިދިނުމަށް އެދި އަލުން ފުރުސަތު ހުޅުވާލުން

މިއިދާރާގެ ނަންބަރު (IUL)305-MS305/305/2021/19 (29 މާރޗް 2021) އިޢުލާނުން، ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން އެޅުމަށް ފޯމު ހުށަހެޅުމަށް 29 މާރޗް 2021 ން ފެށިގެން 31 މެއި 2021 ގެ ނިޔަލަށް 63 ދުވަހުގެ މުއްދަތަށް ފުރުސަތު ހުޅުވާލެވިފައިވެއެވެ. އަދި މިއިދާރާގެ ނަންބަރު (IUL)305-ME305/305/2021/27 (31 މެއި 2021) އިޢުލާނުން 10 ޖޫން 2021 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދެވިފައިވެއެވެ. އަދި މި ލިސްޓަށް ފޯމު ހުށަހަޅަން ބޭނުންފުޅުވާ ބޭފުޅުންނަށް މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް 26 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، ފޯމު ހުށަހަޅަން  ބޭނުންފުޅުވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން  މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

       11 ޝައްވާލް 1443                          

12 މޭ 2022
ހޯދާ