ދިވެހިރާއްޖެ
(IUL)38-CA/38/2022/140 :ނަންބަރު
އިޢުލާން
ވޯޓު ކަރުދާސް ޗާޕުކުރެވުނު ގޮތުގެ މަޢުލޫމާތު
މާލެސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ- ބައި-އިލެކްޝަން
2022 މޭ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕުކޮށްފީމެވެ. މި ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕްޚާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ޗާޕްކުރި ވޯޓުކަރުދާހުގެ ތަފްޞީލް
# |
ދާއިރާ ކޯޑު |
ދާއިރާ / ރަށުގެ ނަން |
ޕްރިންޓްކުރި ޖުމްލަކަރުދާހުގެ އަދަދު |
1 |
T18 |
މާލެސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާ |
2929 |
ޖުމްލަ: |
2929 |
ވީމާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.