ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ފަރާތުން ހުޅުވުމަށް ހަމަޖެހިފައިވާ އެސް.އެމް.އީ ހަބްގެ ގްރައުންޑް ފްލޯގައި ގަސް ވިއްކާނެ ފަރާތެއް ހޯދުމަށް

 

މި ކޯޕަރޭޝަންގެ ފަރާތުން އެސްޓީއޯ އެލައިޑް ބިލްޑިންގގެ ގްރައުންޑް ފްލޯގައި ހުޅުވުމަށް ހަމަޖެހިފައިވާ އެސް.އެމް.އީ ހަބްގައި ގަސް ވިއްކުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް މި ކޯޕަރޭނުން ކުރި ނަންބަރު (IUL)-BCC/PRC/2022/16 ފުރަތަމަ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅައިފައިނުވާތީ އެ އިޢުލާނު ބާތިލުކޮށް މި ޙިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

އެސް.އެމް.އީ ހަބަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމުގެ މަޤްސަދުގައި މި ކޯޕަރޭޝަންގެ ފަރާތުން ހުޅުވާ ތަނެކެވެ. މި ތަނުގައި ގަސް ވިއްކާ ސަރަހައްދުގެ އިތުރުން ފޮތް ފިހާރައަކާއި، ކެފެޓީރިއާއެއްގެ އިތުރުން ކާބޯތަކެތި، އަންނައުނު، ކޮސްމެޓިކްސް އަދި ކުޅޭ އެއްޗެހި ވިއްކާ ކިއޮސްތަކާއި، ހެއަރ އެންޑް މޭކަޕް ސެލޫނަކާއި ނެއިލް ސްޓޭޝަނެއްވެސް ހުންނާނެއެވެ. މީގެ އިތުރުން މިނީ ސިނަމާއަކާއި ގޭމިންގ އޭރިއާއެއްވެސް އެސް.އެމް.އީ ހަބްގައި ހުންނާނެއެވެ. މިފަދައިން އެކި ދާއިރާތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު މި ކޯޕަރޭޝަންގެ ފަރާތުން މި ހުޅުވާލެވެނީ ވީހާވެސް ގިނަ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމަށްޓަކައެވެ.  

މިގޮތުން ގަސް ވިއްކުމުގެ ޚިދުމަތް ދިނުމަށްޓަކައިވެސް ހުޅުވައިލެވިފައިވަނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރައްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

   

ތަން

ދުވަސް

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުކުރުން

އެސްޓީއޯ އެލައިޑް ބިލްޑިންގ، ގްރައުންޑް ފްލޯރ، ޗާނދަނީމަގު

ބުދަ

18 މޭ 2022

10:00

އަންދާސީހިސާބު ހުށަހެޅުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ)

އާދީއްތަ

22 މޭ 2022

10:00

 

ބީލާމާބެހޭ މަޢުލޫމާތު

ހ. މި މަސައްކަތާ ގުޅޭ އެންމެހާ މައުލޫމާތެއް މި އިޢުލާނާއި އެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނައިފައިވާނެއެވެ. އަންދާސީ ހިސާބުތައް ތައްޔާރު ކުރައްވަން ވާނީ މި މަޢުލޫމާތު ކަރުދާހުގައި ވާ ކަންތަކަށް ސަމާލުކަން ދެއްވައިގެންނެވެ. މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް އިވެލުއޭޝަންގައި ބާތިލުކުރެވޭނެއެވެ.

ށ. މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ލިބޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

ނ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްގެން ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ސޯލްޕްރޮޕްރައިޓަރ ފަދަ ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށެވެ.

ރ. ބީލަން ހުށަހަޅާ ފަރާތަކީ ކުދި އަދި މެދުފަންތީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ.

ބ. މި ބީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީހިސާބެވެ، އަދި އެންމެ ކުޑަ ކުއްޔެއްގެ ގޮތުގައި ހުށަހެޅޭ ބިޑް ފެށޭ އަގަކީ މަހަކު 10،000 (ދިހަ ހާސް) ދިވެހި ރުފިޔާއެވެ.

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މ. ކަނީރުވިލާ، އޯކިޑް މަގު، މާލެ

ފޯނު: 3305555، 3010613

އީމެއިލް:  [email protected]

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

11 މޭ 2022
ހޯދާ