ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ބާރަށުގައި ކުނިމެނޭޖް ކުރުމަށް ޕިކަޕެއް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ (3 ވަނަ އިޢުލާން)

ބާރަށުގައި އުފެދޭކުނި މެނޭޖްކުރުމަށް 2.0 ޓަނުގެ ޕިކަޕެއް ބާރަށު ކައުންސިލަށް ސަޕްލައި ކޮށްދޭނެ   ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

              ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް (އަގުހުށަހަޅާ ފޯމް) ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ފޮނުވޭނެއެވެ.

              ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް[email protected] އަށް މައުލޫމާތު ފޮނުއްވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި ނުވަތަ އިދާރާއަށް ހުށަހަޅާ ލިޔުންތަކުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

  1. އިޢުލާން ނަމްބަރު: (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  2. ބީލަން ހުށަހަޅާފަރާތުގެ/ކުންފުނީގެ/ ވިޔަފާރީގެ ނަމާއި ރަޖިސްޓްރޭޝަން ނަމްބަރު: (ރަޖިސްޓްރީގެ ކޮޕީއަކާއި އެކު ފޮނުވުމަށް)
  3. ގުޅޭނެ ފޯނު ނަމްބަރު:
  4. އީ މެއިލް އެޑްރެސް: (ބީލަން ފޮތް ފޮނުވާނެ އީމެއިލް)
  5. އީ މެއިލް ފޮނުވާ ފަރާތުގެ ނަމާއި މަޤާމް:

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން.

25 މޭ 2022 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް

ޕްރި-ބިޑް ބައްދަލްވުން.

26 މޭ 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި.

ބީލަން ބަލައިގަތުން.

6 ޖޫން 2022 ދުވަހުގެ 11.00 ގެ ނިޔަލަށް.

ބީލަންތައް ހުޅުވުން.

6 ޖޫން 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި.

 

                ޕްރީ- ބިޑް ބައްދަލްވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް އަދި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ.  ބީލަންތައް ހުންނަންވާނީ  ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ.  މިކަމާ  ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016، 6500173 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިކަމާގުޅިގެން މިކައުންސިލުން ކުރި ނަމްބަރު: (IUL)257/257/2022/42  އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ.

 

       ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

         11 ޝައްވާލު 1443

          12 މޭ 2022    

12 މޭ 2022
ހޯދާ