އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަން ބޯޑް ހަރުކުރުން

            މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަސައްކަތް 17 ސެޕްޓެމްބަރ 2022ވަނަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެން އިންފްރާސްޓްރކްޗަރ އިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޯހިމެނުމުގެ މަސައްކަތް ފެށުމުގެ ގޮތުން މުޅިރާއްޖޭގައި ހުރި ތަންތަނުގެ ލިސްޓެއް 13 އަދި 14 ސެޕްޓެމްބަރ ގައި ނެގުމަށްޓަކައި ރާއްޖޭގައި ގޭގޭގެ ނަންބޯޑު ހަރުކުރެވިފައި ބެހެއްޓުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމުކެވެ.

              ވީމާ، މިރަށުގެ ނަންބޯޑް ހަރުކުރެވިފައިނުވާ ގެތަކުގެ ނަންބޯޑް 1 ސެޕްޓެމްބަރ 2022ވަނަ ދުވަހުގެ ކުރިން ހަރުކޮށް ނިންމަވައިދެއްވުން އެދެމެވެ.

12 މޭ 2022
ހޯދާ